Gehligen hodhamundhiya Winter Olympics Athlete maruvefai ovva fenihjje
image
ބްލަންކާ ފެނާންޑޭޒް އޮޗޯ--
މިއުނާ ހަސަން
0 ކޮމެންޓް
 

ގެއްލިގެން ހޯދަމުންދިޔަ އޮލިމްޕިކްސް އެތުލީޓު މަރުވެފައި އޮއްވާ ފެނިއްޖެ

ވިންޓާ އޮލިމްޕިކްސްގެ މެޑަލިސްޓް ބްލަންކާ ފެނާންޑޭޒް އޮޗޯ މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
އުމުރުން 56 އަހަރުގެ ފެނާންޑޭޒް މަރުވެފައި އޮއްވާ ފެނުނީ މެޑްރިޑްގެ ފަރުބަދަމަތީ ސަރަހައްދަކުންނެވެ.

އޮލިމްޕިކް މެޑަލިސްޓް މަރުވެފައި އޮއްވާ ބުދަ ދުވަހުގެ ވަގުތެއްގައި ފެނުނީ، މިދިޔަ އޮގަސްޓް މަހުގެ 23 ވަނަ ދުވަހުން ފެށިގެން އޭނާ ގެއްލިގެން ހޯދުމަށް މަސައްކަތް ކުރަމުން އަންނަނިކޮށެވެ.

ފެނާންޑޭޒްގެ މަރުގެ މައްސަލަ މެޑްރިޑްގެ ޕޮލިހުން މިހާރު ތަހުގީގު ކުރަމުން އަންނައިރު، އޭނާގެ މަރާއެކު ސްޕެއިންގެ ސެކެޓްރީ އޮފް ސްޓޭޓް ފޯ ސްޕޯޓްސް މާރިއާ ހޮސޭ ރެއިންޑާ ވިދާޅުވީ، މިއީ ސްޕެއިންގެ ކުޅިވަރުގައި ހިތާމަވެރި ދުވަހެއް ކަމަށެވެ.

ފެނާންޑޭޒް އަކީ ވިންޓާ އޮލިމްޕިކްސްގައި ސްޕެއިންނަށް ރަންމެޑަލް ހޯދައިދިން ފުރަތަމަ އަންހެން އެތުލީޓެވެ.
ފެނާންޑޭޒް ސްޕެއިންއަށް ރަން މެޑަލް ހޯދައިދިނީ 1992 ވަނަ އަހަރު ފްރާންސްގައި އޮތް ވިންޓާ އޮލިމްޕިކްއިންނެވެ.
ސްޕެއިން
ހިޔާލު