MPL ge Flat libey muvahzafunge Vaguthee List Baathilu kohfi
image
ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ފްލެޓުތަކެއް-- ފޮޓޯ: ސީއެންއެމް
0 ކޮމެންޓް
 

އެމްޕީއެލްގެ ފްލެޓް ލިބޭ މުވައްޒަފުންގެ ވަގުތީ ލިސްޓް ބާތިލްކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ހަދަމުން އަންނަ ފްލެޓުތައް ލިބުނު މުވައްޒަފުންގެ ވަގުތީ ލިސްޓު އެކުންފުނިން ބާތިލުކޮށްފި އެވެ.
އެމްޕީއެލް އިން ހަދާ 14 ބުރީގެ ތިން ޓަވަރުގައި ހިމެނެނީ 534 ފްލެޓެވެ. އެގޮތުން އެކުންފުނީގެ މުވައްޒަފުންނަށް 432 ފްލެޓު ހާއްސަ ކުރެވިފައި ވާއިރު ބާކީ ފްލެޓުތަކަކީ އާންމުންނަށް ދޭން ނިންމި ފްލެޓުތަކެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު 28 ގައި އެމްޕީއެލްގެ ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކުރިއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފްލެޓް އިމާރާތް ކުރުމުގެ މަސައްކަތް ވެސް އެ ކުންފުނިން ވަނީ ފަށާފަ އެވެ.

އެމްޕީއެލްގެ މުވައްޒަފުންނަށް އެތަނުގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުން އިއްޔެ ފޮނުވި މެމޯއެއްގައި ބުނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ބޭއްވި ޖަލްސާއެއްގައި ފްލެޓު ލިބޭ ވަގުތު މުވައްޒަފުންގެ ލިސްޓު ބާތިލުކުރަން ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން ފްލެޓަށް ކުރިމަތިލުމުގެ ޝަރުތުތައް ވެސް ރިވިއުކުރަން ނިންމާފައިވާ ކަމަށް ބުންޏެވެ.

އެމްޕީއެލްގެ ބޯޑުން އެގޮތަށް ނިންމާފައި ވަނީ ލިސްޓު ފައިނަލު ކުރުމުގެ މަރުހަލާގައި ފާހަގަކުރެވުނު ބައެއް ކަންކަމާ ގުޅިގެން ކްރައިޓީރިއާ ރިވިއު ކުރަން ޖެހޭ ކަމަށް ފެނިގެންނެވެ.

ސިންގަޕޫރުގެ ޑަބްލިއު އެންޑް އޭ އޯވަސީސްއާ ހަވާލުކޮށްގެން އެމްޕީއެލުން ޓަވަރު އެޅުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ ތިން ޓަވަރުގައި މެއިޑް ރޫމެއް ހިމެނޭ ގޮތަށް ދެ ކޮޓަރިއާއި އެއް ކޮޓަރީގެ ފްލެޓުތައް އަޅާނެ އެވެ.

އެއީ 560 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެމްޕީއެލުން ހިންގާ މަޝްރޫއު އެކެވެ.
ހިޔާލު