BREAKING: Supreme court ge fandiyaarukamah Mahaz ayyankurumaa medhu JSC ge lafayakah edhijje
image
ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ-- ފޮޓޯ: ރާއްޖެ އެމްވީ
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް މަހާޒް އައްޔަންކުރުމާމެދު ޖޭއެސްސީގެ ލަފައަކަށް އެދިއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރު އައްޔަންކުރުމާ މެދު ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފައަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެ.
ރައީސް ސޯލިހް މިއަދު އެކަން ހާމަކުރެއްވީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަހާޒު އައްޔަން ކުރުމަށް ރައީސް ސޯލިހް ޖޭއެސްސީގެ ލަފަޔަކަށް އެދިފައި ވާއިރު އޭނާގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖޭއެސްސީއިން ކުރިން ނިންމި ނިންމުމެއް ރިވިއު ކުރުމަށް އެ ކޮމިޝަނުން ވަނީ ނިންމައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ނެތް ހާލަތުގައި ޖިނާއީ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރު ވިދާޅުވި މައްސަލައެއް ޖޭއެސްސީން ބަލާފައި ވެއެވެ. އެއީ 2014 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.

މަހާޒުގެ އަމިއްލަ ބްލޮގުގައި އޭނާ ވިދާޅުވެފައި ވަނީ، ޕްރޮސެކިއުޓާ ޖެނެރަލް ނެތި ޖިނާއީ ދައުވާތައް ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅާފައިވާ ކޮންމެ އުސޫލަކީ ގާނޫނު އަސާސީ އާއި ހިލާފު އުސޫލެއް ކަމަށެވެ. އޭނާ ވިދާޅުވީ މިފަދަ ހާލަތެއްގައި ކޯޓުތަކުގައި ކުރިއަށް ގެންދާ ޖިނާއީ މައްސަލަތަކުގެ އަޑުއެހުންތަކަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލުން ހާޒިރުވުމަށް އެންގެނޭ ކަމަށް ވެސް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

އަދި ޖިނާއީ ދައުވާތަކަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުން ފަރުދީ ގޮތެއްގައި ކުރާ ދައުވާތަކެއް ނޫންކަމުން ކޯޓުތަކުގެ އެންގުމަށް ވަކީލުން ހާޒިރު ނުވި ނަމަވެސް ވަކީލުންނާއި ދެކޮޅަށް ފިޔަވަޅު ވެސް އެޅިގެން ނުވާނެ ކަމަށް މަހާޒު ވިދާޅުވި އެވެ.

ޕީޖީގެ މައްސަލައިގައި މަހާޒު އޭނާގެ އަމިއްލަ ހިޔާލު ފާޅުކުރެއްވީ ޕީޖީގެ މަގާމުގައި ބޭފުޅަކު ނެތަސް ޕީޖީ އޮފީހުގެ ވަކީލުން ކޯޓުތަކަށް ހާޒިރުވެ ދައުވާތަކަށް ޖާބުދާރީވުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރުމުގެ ކުރިންނެވެ. އޭރު ދުވަސް ކޮޅަކަށް ޕީޖީ އޮފީސް ތަމްސީލް ކުރާ މައްސަލަތަކަށް ހުއްޓުން އެރިއެވެ. ނަމަވެސް ފަހުން ސުޕްރީމް ކޯޓުގެ އަމުރާއެކު އަލުން މައްސަލަތައް ކުރިއަށް ގެންދަން ފެށިއެވެ.

އޮކްޓޯބަރު 21، 2015 ގައި އޭނާގެ މައްޗަށް ސާބިތުވާ ކަމަށް އެ ކޮމިޝަން ނިންމާފައި ނިންމުން ރިވިއު ކުރަން ނިންމީ، މަހާޒުގެ ފަރާތުން ރިވިއުކޮށްދިނުމަށް އެ ކޮމިޝަނަށް ހުށަހެޅުމުން ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ.
ހިޔާލު