Worldcup Qualifying ge feshun raajje inn rangalhu kohfi
image
ރާއްޖެ އާއި ގުއަމް ވޯލްޑްކަޕް ކޮލިފައިންގައި ވާދަ ކުރި މެޗަށްފަހު--
މިއުނާ ހަސަން
0 ކޮމެންޓް
 

ވޯލްޑްކަޕް ކޮލިފައިންގެ ފެށުން ރާއްޖެއިން ރަނގަޅުކޮށްފި

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި އެވެ.
ދިވެހި ރާއްޖެ މެޗު ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުން ގުއަމް ބަލިކޮށްގެނެވެ.

މެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ ރާއްޖެއިންނެވެ.

ނަތީޖާއެއްގެ ގޮތުން މެޗުގެ 26 ވަނަ މިނެޓުގައި އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ކާމިޔާބުކޮށްދިން ލަނޑާއެކު ރާއްޖެއިން ލީޑް ނެގިއެވެ.

މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު ކާމިޔާބުކޮށްދީ ރާއްޖެ މޮޅު ކޮށްދިން އިއްބެ އަކީ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ވާދަކުރިއިރު ޓީމުގައި ހިމެނި، އެ މުބާރާތް ރާއްޖެ ކާމިޔާބު ކުރުމުގައި ބޮޑު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުނީ 1-0 ގެ ނަތީޖާއަކުން ދިވެހި ރާއްޖެ ލީޑްގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ގުއަމްއިން ރާއްޖޭގެ ފަހަތަށް ބާރު ބޮޑުކޮށް ރަނގަޅު ހަމަލާތަކެއް އުފެއްދި ނަމަވެސް ދިވެހި ޓީމުގެ ޑިފެންޑަރުންނާއި ކީޕަރު ވަނީ އެ ހަމަލާތައް ދިފާއު ކޮށްފައެވެ.

ލީޑް ފުޅާކުރުމަށް ރާއްޖެއަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ.

މި ނަތީޖާ އާއިއެކު ރާއްޖޭގެ ޓީމުން ވޯލްޑްކަޕް ކޮލިފައިންގެ ފެށުން ރަނގަޅުކޮށްފައި ވާއިރު، މި މެޗުގެ ކުރިން ގުއަމްގެ ކޯޗު ބުނެފައިވަނީ ރާއްޖޭގެ ޓީމަކީ ވަކި މޮޅު ޓީމެއް ނޫން ކަމަށާއި، ރާއްޖެ އަތުން ނަތީޖާ ނެރެން ފަސޭހަ ވާނެ ކަމަށެވެ.
ފުޓްބޯޅަ
ހިޔާލު