Yaameen aai Jameel Campaign ah atholhu thereah!
image
ކެމްޕެއިނަށް ފުރާވަޑައިގަތުމުގެ ކުރިން ރައީސް ޔާމީން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ--
2 ކޮމެންޓް
 

ޔާމީނާއި ޖަމީލު ކެމްޕެއިނަށް އަތޮޅުތެރެއަށް!

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ވެރިކަމުގައި އެންމެ ފުރަތަމަ ނައިބު ރައީސްކަން ކުރެއްވި ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު އަތޮޅުތެރެއަށް ފުރާވަޑައިގެންފި އެވެ.
އެމަނިކުފާނުގެ މި ދަތުރުގައި ފުރަތަމަ ޒިޔާރަތް ކުރައްވަން ނިންމަވާފައި ވަނީ އދ. މަހިބަދޫ އަށެވެ. އަދި ކުނބުރުދޫ އާއި ދިގުރަށުގެ އިތުރުން ދަނގެއްޗަށް ވެސް ވަޑައިގަންނަވަން ހަމަޖެހިފައި ވެއެވެ.

މިއީ މިދިޔަ ރިޔާސީ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގަތް ފަހުން ރައީސް ޔާމީނު އަތޮޅު ތެރެއަށް ކުރައްވާ ފުރަތަމަ ދަތުރު ވެސް މެއެވެ.

އޭގެ އިތުރުން ޖަމީލު ވެސް މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ އިރު، މިއީ ރައީސް ޔާމީނާއި ޖަމީލުގެ މެދުގައި މައްސަލަތައް ޖެހިވަޑައިގަތް ފަހުން އެކުގައި ދަތުރެއް ކުރައްވާ ފުރަތަމަ ފަހަރު ވެސް މެއެވެ.

ރައީސް ޔާމީނާއި ޖަމީލާ ދެމެދު މައްސަލަ ބޮޑުވީ ޖަމީލު ނައިބު ރައީސްގެ މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ. އޭގެ ފަހުން ޖަމީލް ހުންނެވީ އަމިއްލަ އަށް އިނގިރޭސިވިލާތަށް އަރުވާލެވިގެންނެވެ.

އޭރުގެ އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރެއްވުމަށް ފަހު ޖަމީލު ރާއްޖެ އެނބުރި ވަޑައިގެންނެވީ ރިޔާސީ އިންތިހާބުން ޔާމީނު ނާކާމިޔާބުވެ ވަޑައިގެންނެވުމުންނެވެ.
ރައީސް ޔާމީން
ހިޔާލު

ޟީނުންނާ

ހެޔޮ ކަމެއް ކޮށްދިނީމަ ތެޔޮހަމެއް ލިބޭނެ.ކުރީ ފަހަރު ވީގޮތް ހަދާން ނެތޭހާ ދުވަސް ވެއްޖެތަ؟

ލަދު

ޖަމީލްމީ ލަދެއް ހަޔާތެއް ވެސް ނެތް މީހެއް. ޖޭޕީން މިހާރު ބޭރުކުރޭ. ކޯލިޝަން ޕާޓީއެއްގައި ހުރެގެން ޔާމީނާއެކު. މީނާއަށް ދެކޮޅުން ނުކުވޭނެ.