BREAKING: Dhiyana aa eku 6 beyfulhaku Supreme Court ge fandiyaaru kamah kurimathi lavvaifi
image
ކުރީގެ އެޓާނީ ޖެނެރަލް ދިޔާނާ ސައީދު-- ފޮޓޯ: ވީނިއުސް
1 ކޮމެންޓް
 

ދިޔާނާ އާއެކު ހަ ބޭފުޅަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވައިފި

ކުރީގެ އެޓާނީ ޖެނެރަލް ދިޔާނާ ސައީދާއެކު ހަ ބޭފުޅަކު ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލައްވައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމަށް ކުރި އިއުލާނާ ގުޅިގެން، އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވިއިރު، ހަ ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށެވެ.

އެއީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތާއި، ހައި ކޯޓުގެ ފަނޑިޔާރުން އަލީ ސަމީރާއި، ޝުއައިބް ހުސެން ޒަކަރިއްޔާ އާއި މުހައްމަދު ނިޔާޒާއި، ހަސަން އަލީ އަދި ދިޔާނާ ސައީދެވެ.

ކުރިމަތިލުމުގެ މުއްދަތު މިއަދު މެންދުރު 12:00 ގައި ހަމަވިއިރު، ކުރިމަތިލެއްވި އަލީ ސަމީރާއި ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން މުހައްމަދު ނިޔާޒު މީގެ ކުރިން ވެސް ވަނީ އެ މަގާމަށް ކުރިމަތިލައްވާފަ އެވެ. އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކުން ހަތަކަށް އިތުރު ކުރުމާ ގުޅިގެން އުފެދުނު ދެ މަގާމަށެވެ.

އެކަމަކު އެ ދެ މަގާމަށް އައްޔަނު ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުށަހެޅުއްވި އައިޝާ ޝުޖޫނާއި އަޒްމިރަލްދާ ޒާހިރެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުރި އަބްދުﷲ ދީދީގެ ސުލޫކީ މައްސަލަތަކާ ގުޅިގެން އޭނާ މަގާމުން ވަކި ކުރުމާ ގުޅިގެން ވެސް އެ ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ވަނީ ހުސްވެފަ އެވެ.

އެ މަގާމަށް ހަ ބޭފުޅަކު ކުރިމަތިލައްވާފައި ވާއިރު، ރައީސް ސޯލިހު މިއަދު ވަނީ އެ މަގާމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީއާ މެދު ޖޭއެސްސީގެ ލަފައަކަށް އެދިވަޑައިގެންފަ އެވެ.
ހިޔާލު

ޛާނި

ޜައިސް އެއޮތީ ނަމެެއް ފޮނުވާފަ. ޖޭ. ޢެސް.ސީ އިން ތޮ އިއުލާން ކުރުމުގެ ބޭނުމެއް ނެތް