Girl Guides ge Surf Smart facilitatorun thamreen kuran Dhiraaguge eheetherikan
image
ފެސިލިޓޭޓަރުން ތަމްރީން ކުރަނީ-- ފޮޓޯ: ދިރާގު
0 ކޮމެންޓް
 

ގާލް ގައިޑްސްގެ "ސާފް ސްމާޓް" ފެސިލިޓޭޓަރުން ތަމްރީނު ކުރަން ދިރާގުގެ އެހީތެރިކަން

މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަނުން ބާއްވަމުންދާ 21 ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަސް ޓްރެއިނިން ކޭމްޕް 2019 ގައި ދިރާގާއި ގުޅިގެން މިފަހަރުގެ ކޭމްޕްގެ ތީމް ކަމުގައިވާ 'ސާފް ސްމާޓް' ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ހިންގުމަށް ފެސިލިޓޭޓަރުން ތަމްރީން ކުރަން ފަށައިފި އެވެ.
ސެޕްޓެމްބަރ 3 އިން 6 އަށް ކ. މާފުށީގައި ކުރިއަށްދާ މިކޭމްޕުގައި މާލޭގެ އިތުރުން 14 އަތޮޅަކުން 36 ސްކޫލުން އުމުރުން ތޭރަ އަހަރާއި 17 އަހަރާއި ދެމެދުގެ 290 ގައިޑް ކުދިން އަދި 59 ގައިޑް ލީޑަރުން ވަނީ ބައިވެރިވެފަ އެވެ.

ކޮންމެ އަހަރަކު ވެސް ކޭމްޕު ކުރިއަށް ދަނީ މުޖްތަމައުގެ ތަފާތުގެ ކަންކަމަށް ކުދިން ހޭލުންތެރިކުރުމުގެ ގޮތުން ތަފާތު ތީމްތަކަކަށް އަލިއަޅުވާލައިގެންނެވެ. މިގޮތުން މިއަހަރުގެ ކޭމްޕްގެ ޝިއާރަކީ 'ސާފް ސްމާޓް' އެވެ.

މި ޝިއާރަކީ 10 މިލިއަން މެންބަރުން ހިމެނޭ 'ވޯލްޑް އެސޯސިއޭޝަން ފޮ ގާލް ގައިޑްސް އެންޑް ގާލް ސްކައުޓްސް' (ވެގްސް) އިން އިންޓަނެޓް ބޭނުންކުރާ ގޮތްތަކާއިމެދު ހޭލުންތެރިކުރުމަށް ބޭނުންކުރާ ބެޖް ކަރިއުލަމްއެކެވެ.

ދިވެހިރާއްޖޭގެ ގަލްގައިޑް އެސޯސިއޭޝަނަކީ ވެސް ވެގްސްގެ މެންބަރަކަށް ވާއިރު ތަރައްގީވެ ކުރިއަރަމުންދާ ޓެކްނޮލޮޖީގެ މި ޒަމާނުގައި މިކަމަށް ދިވެހި އަންހެން ކުދީންނާއި އަންހެނުން ހޭލުންތެރިކުރުން އިހުނަށްވުރެ މުހިންމުވެފައި ވާއިރު، މިއީ މި ދަނޑިވަޅަށް އެންމެ ބޭނުންތެރި އެއް ޝިއާރުކަމަށް ގާލް ގައިޑް އެސޯސިއޭޝަނުން އަދި ދިރާގުން ބުނެ އެވެ.

ދިރާގުން އެހީތެރިކަން ފޯރުކޮށްދޭ ފެސިލިޓޭޓަސް ޓްރެއިނިން ޕްރޮގުރާމުގައި 34 ފެސިލިޓޭޓަރުންނަށް ރަނގަޅު ގޮތުގައި އިންޓަނެޓް ބޭނުން ކުރާނެ ގޮތްތަކަށް ތަމްރީނު ފޯރުކޮށްދޭނެއެވެ. އަދި މި ޕްރޮގްރާމު ނިންމުމަށްފަހު ކޮންމެ ފެސިލިޓޭޓަރެއް ވެސް ޕްރޮގްރާމުގައި ދަސްވި ކަންތައްތަކުގެ މައުލޫމާތު އިތުރު 100 ކުދިންނަށް ހިއްސާ ކުރާނެއެވެ.

މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަނަކީ ދިވެހިރާއްޖޭގައި އޮތް އަންހެން ކުދިންނާއި އަންހެނުން ބާރުވެރި ކުރުވުމަށް ހިލޭ ސާބަހަށް މަސައްކަތް ކުރާ އެންމެ ބޮޑު ޖަމިއްޔާއަށް ވާހިނދު، ދިރާގުން ބުނީ ރާއްޖޭގެ އެކި ސަރަހައްދުތައް ހިމެނޭ ގޮތަށް 34 ގައިޑް ލީޑަރުންނަށް 'ސާފް ސްމާޓް' ބެޖް ކަރިކިޔުލަމްގެ ފެސިލިޓޭޓަރުންގެ ގޮތުގައި ޓްރެއިން ކުރެވުމަކީ މުޖްތަމައު އިން އެކަމުގެ ސަބަބުން ހެޔޮ ބަދަލެއް ފެނިގެންދާނެ ކަމެކެވެ.

އެގޮތުން ދިރާގު ޑިރެކްޓަ ޑިޖިޓަލް ޓްރާންސްފޮމޭޝަން މުހައްމަދު މުއްސަފު ވަނީ ހާއްސަ ސެޝަނެއް ބައިވެރިންނަށް ނަގައިދެއްވާފަ އެވެ.
ހިޔާލު