Anehkaa ves China safeeru Raees Nasheed ah rahdhu dhevvaifi
image
ރިޔާސީ އިންތިހާބަށް ފަހު ޗައިނާ ސަފީރު ރައީސް ނަޝީދާ ބައްދަލު ކުރައްވަނީ.-- ފޮޓޯ: އެމްޑީޕީ
0 ކޮމެންޓް
 

އަނެއްކާ ވެސް ޗައިނާ ސަފީރު ރައީސް ނަޝީދަށް ރައްދު ދެއްވައިފި

އިނގިރޭސީންގެ އީސްޓް އިންޑިއާ ކޮމްޕެނީ އަށް ވުރެ ގިނައިން ޗައިނާ އިން ގައުމުތަކުގެ ބިންތަކަށް ވެރިވެގަނެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން، އެ ގައުމުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލިޒޯންގް ރައްދު ދެއްވައިފި އެވެ.
ރާއްޖޭން ޗައިނާ އަށް 3.4 ބިލިޔަން ޑޮލަރު (52.4 ބިލިޔަން ރުފިޔާ) އިން ދަރާފައިވާ ކަމަށް ރައީސް ނަޝީދު ކުރިން ވިދާޅުވުމުން ވެސް، އެމަނިކުފާނަށް ވަނީ ސަފީރު ރައްދު ދެއްވައި، އެކަން ދޮގުކުރައްވައިފަ އެވެ. ކުރިއެކޭ އެއްގޮތަށް ރައީސް ނަޝީދަށް މިފަހަރު ވެސް، ސަފީރު ޒަންގް ރައްދު ދެއްވީ ޓްވީޓާގަ އެވެ.

އެގޮތުން ރައީސް ނަޝީދުގެ ވާހަކަފުޅަށް ވަރަށް ބޮޑަށް ފަޑުވިދާޅުވެ، އެމަނިކުފާނު ފަދަ އެއް ފަރާތަށް ޖެހިފައިވާ އެންމެ ބޭފުޅަކު ދައްކަވާ ވާހަކަފުޅަކުން ރާއްޖެ އާއި ޗައިނާގެ ގުޅުމަށް ހީނަރުކަން ނާންނާނެ ކަމަށް ސަފީރު ވިދާޅުވި އެވެ. އަދި ރައީސް ނަޝީދު ތުހުމަތު ކުރާ ގޮތަށް ގައުމުތައް އަޅުވެތިކޮށް، ބިންތަކަށް ވެރިވެގަތުމަކީ ޗައިނާގެ ސިފައެއް ނޫން ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

ސަފީރު ވިދާޅުވީ ރައީސް ނަޝީދު ޗައިނާ އާ ގުޅޭގޮތުން ދައްކަވާ ވާހަކަފުޅުތައް އެއްގޮތަކަށް ވެސް ބަލައިނުގަނެވޭނެ ކަމަށެވެ. އަދި އެމަނިކުފާނު ޗައިނާ އާ ގުޅޭގޮތުން އެފަދަ ވާހަކަފުޅުތައް ދެއްކެވި ނަމަވެސް ދެ ގައުމުގެ ސަރުކާރުން ވަރަށް ގާތް ގުޅުމެއް އަދިވެސް ބާއްވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންޑިއާ އާ ގާތް ގުޅުމެއް ބާއްވާ ރައީސް ނަޝީދު ދެއްކެވި ބައެއް ވާހަކަފުޅުތަކަށް މީގެ ކުރިން ވެސް ޗައިނާ ސަފީރު ވަނީ އެކި ފަހަރު މަތިން ރައްދު ދެއްވާފަ އެވެ. އެކަމަކު ރިޔާސީ އިންތިހާބަށް ފަހު، ސަފީރު ޒަންގް ވަނީ އެމްޑީޕީ އޮފީހަށް ވަޑައިގެން، ރައީސް ނަޝީދާ ބައްދަލު ވެސް ކުރައްވައިފަ އެވެ.
ހިޔާލު