Loan ah ithuruvaa faisaa Kandandhen China ge vaahaka dhakkaanan: Raees Nasheed
image
ރައީސް ނަޝީދު: މިއަދު މަޖިލީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ.
2 ކޮމެންޓް
 

ލޯނަށް އިތުރުވާ ފައިސަ ކަނޑަންދެން ޗައިނާގެ ވާހަކަ ދައްކާނަން: ރައީސް ނަޝީދު

ޗައިނާ އިން ރާއްޖެ އަށް ދީފައިވާ ލޯނުތައް، އެ ލޯނުތައް ނަގައިގެން ހިންގި މަޝްރޫއުތަކަށް ހަރަދުވީ ވަރަށްވުރެ އިތުރުވާ ކަމަށާއި އެ އިތުރުވާބައި ކަނޑަންދެން އެ ވާހަކަ ދައްކަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި ނޫސްވެރިންނާ ބައްދަލުކޮށް ރައީސް ނަޝީދު ވިދާޅުވީ އެ މަނިކުފާނާ ޗައިނާ އާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް ޗައިނާ އިން ގައުމުތަކަށް ލޯނުދޭ އުސޫލު ކަމުނުދާކަމަށާއި، އެ ވާހަކަ ނުދައްކާނަމަ ރާއްޖޭގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް ބޮޑެތި ގެއްލުންތައް ވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެގޮތުން ރާއްޖޭން 2021 ވަނަ އަހަރުން ފެށިގެން ޗައިނާ އަށް ބޮޑެތި އަދަދުތަކުން ފައިސާ އަނބުރާ ދައްކަން ޖެހޭނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް އެ ލޯނުތައް ނަގައިގެން ހިންގާފައިވާ ޕްރޮޖެކްޓްތަކުން އެދެވޭ މާލީ މަންފާއެއް ނުލިބޭތީ އެކަން ވަރަށް ދަތިވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ޕްރޮޖެކްޓްތަކަށް ހަރަދުވި ފައިސާ އަނބުރާ ޗައިނާ އަށް ދައްކަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެކަމަކު އޭގެ އިތުރުން ދައްކަން އެއްބަސްވެފައިވާ ފައިސާ ނުދެއްކޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭން ޗައިނާ އަށް 3.4 ބިލިޔަން ޑޮލަރު (52.4 ބިލިޔަން ރުފިޔާ) އިން ދަރާފައިވާ ކަމަށް ރައީސް ނަޝީދު ކުރިން ވިދާޅުވުމުން އެ ގައުމުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލިޒޯންގް ވަނީ އެކަން ދޮގުކުރައްވައިފަ އެވެ.
ހިޔާލު

ސޮމެޮނެ

ސަލާންޖަހާ މީހާއަކަށް އިޚްތިޔާރެއް ނުކުރެވޭނެ.

ސައްލި ސަޢީދު

ނަޝީދު ތިޔަ އުޅުއްވަނީ ޤައުމު އިނދަ ޖައްސަން. ސަރުކާރު ވެއްޓުމުގެ ޢަލާމާތް ތިޔަ ފެންނަނީ