Rilwan mahsalaagai himeney intel 2 fuluhun vazeefaage mahsoolihyathun dhurukohfi
image
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ސީޕީ ހަމީދު ރިލްވާންގެ މަންމަ އާއި ދައްތަ އަށް ބައްދަލުކުރައްވަނީ-- ފޮޓޯ: ފުލުހުން
0 ކޮމެންޓް
 

ރިލްވާން މައްސަލާގައި ހިމެނޭ އިންޓެލް ދެ ފުލުހުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކޮށްފި

މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު ދުވަސްވަރު، އޭނާ ފުރައިގެން ރާއްޖޭން ބޭރަށް ދިޔަ ކަން ދައްކަން އެނާގެ ޕާސްޕޯޓެއް ހައްދަން މަސައްކަތް ކުރި ކަމަށް ބުނާ އިންޓެލް ދެ ފުލުހުން ހައްޔަރު ކުރަން ބަންޑާރަ ނައިބު، ފުލުހުންނަށް އަންގާފައި ވަނިކޮށް އެ ދެ އޮފިސަރުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރު ކުރަން އަންގާފައިވަނީ މުހައްމަދު ޖިނާހު (ސާވިސް ނަމްބަރު 4493) އާއި އިބްރާހިމް ރިއްފަތު (ސާވިސް ނަމްބަރު 3246) އެވެ. އެ ދެ ފުލުހުން ހައްޔަރު ކުރަން ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ފުލުހުންނަށް އަންގާފައިވަނީ ގާނޫނު އަސާސީގެ 133 ވަނަ މާއްދާގެ (ބ)ގެ ދަށުންނެވެ.

އެ މާއްދާގައި ބުނެފައި ވަނީ، ގާނޫނީ ވެރިކަން ނަގަހައްޓައި ހިމާޔަތް ކުރިއެރުވުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްޔިތުންގެ މަންފާ އާއި އާންމު މިނިވަންކަން ދިފާއު ކުރުމަށް ބަންޑާރަނައިބު މަސައްކަތް ކުރަން ވާނެ ކަމަށެވެ.

ބަންޑާރަ ނައިބަށް އެ މާއްދާއިން ލިބިދޭ ބާރުގެ ދަށުން އިއްޔެ ފުލުހުންނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ ދެ ފުލުހުން ހައްޔަރު ކުރަން ކޯޓް އަމުރެއް ހޯދުމަށެވެ. އޭގެ އިތުރުން ދެ މީހަކު ކަނޑުފައްތަން އުޅޭކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލް އަށް ލިބުނު ނަމަވެސް ފިޔަވަޅު އަޅާފައި ނުވަތީ އެ މައްސަލަ ބެލުމަށް ވެސް އޭޖީ ވަނީ އަންގާފަ އެވެ.

އެ މައްސަލާގައި ފިޔަވަޅެއް ނޭޅީ ކީއްވެގެން ކަން ބެލުމުގެ އިތުރުން، އެކަމުގައި ޒިންމާވާ ފަރާތްތަކުގެ މައްސަލަ ބެލުމަށާއި އެ މީހުން ވަޒީފާގެ މަސައްކަތުން އެކަހެރި ކުރުމަށް ވެސް ފުލުހުންނަށް، އެޓާނީ ޖެނަރަލް ވަނީ އަންގާފަ އެވެ.

ނަމަވެސް ބަންޑާރަނައިބުގެ އެންގެވުމާއި އެއްގޮތަށް އެ ދެ ފުލުހުން ހައްޔަރު ކުރަން ކޯޓް އަމުރެއް ހޯދަން ފުލުހުން ހުށަހެޅި ކަމެއް އަދި ސާފެއް ނުވެ އެވެ.

މަރުތައް ބަލާ ރިޔާސީ ކޮމިޝަނުން ރިލުވާނު މައްސަލާގައި އެކުލަވާލި ތަހުގީގު ރިޕޯޓާ ގުޅިގެން ފުލުހުންގެ އިސްވެރިން ރޭ ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާ ބައްދަލުކޮށްފަ އެވެ. ސިއްރު ކޮށްގެން ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުން ނިކުމެ، ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ސީޕީ މުހައްމަދު ހަމީދު ވިދާޅުވީ ބަންޑާރަނައިބުގެ ސިޓީއާ ގުޅިގެން ކުރަންޖެހޭ ކަންކަން ފަށާފައިވާ ކަމަށެވެ. ނަމަވެސް އޭގެ އިތުރު ރަފްސީލެއް ނުދެއްވަ އެވެ.
ޕޮލިސް ރިލްވާން
ހިޔާލު