Ithuru hiydhathi kameh libumuge kurin Council inthihaabu kaamiyaabu kuran jehey: Yaameen
image
ކުރީގެ ރައީސް ޔާމީން އދ. ދަނގެތީގައި-- ފޮޓޯ: ޕީޕީއެމް
3 ކޮމެންޓް
 

ކައުންސިލް އިންތިހާބު ނުލިބިއްޖެ ނަމަ ރައްޔިތުން އިތުރު ހިތްދަތި ކަމެއް ތަހައްމަލު ކުރާނެ: ރައީސް ޔާމީން

ކައުންސިލް އިންތިހާބު އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީއަށް ނުލިބިއްޖެ ނަމަ މިހާރު ރައްޔިތުން ތަހައްމަލު ކުރަމުންދާ ހިތްދަތި ހާލަށްވުރެ ބޮޑު ހިތްދަތި ކަމެއް ތަހައްމަލު ކުރަން ޖެހިދާނެ ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުން މަޖިލިސް އިންތިހާބުން ލިބުނު ބޮޑު ބައްޔަށް ފަހު ފުރަތަމަ ފަހަރަށް ރާއްޖޭގެ އަތޮޅަކަށް ކުރެއްވި ދަތުރުގައި ރޭ އދ. ދަނގެތީގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާއި ރައްޔިތުން މަޖިލިސް އިންތިހާބުވެސް ސަރުކާރާއި ސަރުކާރު ކޯލިޝަނަށް ދީގެން އެކަމުގެ ހިތްދަތިކަން ރައްޔިތުން ތަހައްމަލު ކުރަމުންދާ ކަމަށެވެ. އެކަން ބަދަލު ކުރެވޭނީ އެކަތިގަނޑަކަށްވެގެން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ރައްޔިތުންނަށް ކަމެއް ކޮށްދެވޭނީ ސަރުކާރުގެ އަމާޒެއް އޮވެގެން ކަމަށެވެ. ނަމަވެސް މިއަދުގެ ސަރުކާރުން އެކަން އެގޮތަށް ނުފެންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އެންމެ މުހިއްމު އެއް ކަމަކީ ގައުމީ މިސްރާބު ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތަކަށް ވާނީ، ރައްޔިތުންނަށް ފައިދާ ހުރި ކަންކަމުގެ ވާހަކަ ދައްކައި އަދި ގައުމުގައި ހުންނަ މުހިއްމު ކަންތައްތައް އެ އުސޫލުން ތަރުތީބުން ކުރަން ހިތްވަރު ދީ އަދި ދައްކާ ވާހަކަ ދެ ފަހަރު ދެގޮތް ނުވެ އެއް އަޒުމަކަށް މަސައްކަތް ކޮށްގެން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީންގެ ވާހަކައިގައި ރޭ ވަނީ ނުސީދާކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމަށް ވެސް ފާޑު ވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ މުއުމިނިކަށް ވާތީ އެ މީހެއްގެ ގައިގައި ދެ ފަހަރަކު އެއް ހަރަކުން ކައްޓެއް ނުޖަހާނެ ކަމަށް އެތައް ފޯރަމެއްގައި ސިޔާސީ ބައެއް ފަރާތްތަކުން ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް ދެ ކަށްޓައް ވުރެ ގިނައިން ޖަހައިފި ނަމަ އެއީ ފުރިހަމަ މުއުމިނެއްތޯ ނޫނީ އެ މީހުން ދެއްކި ވާހަކަ އަނބުރާ ގެނެސްފައިވޭތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދާފައެވެ.

ޔާމީން ވަނީ އިންތިހާބުތަކުގައި ގޯސްތަކެއް ހެދިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ވަކިން ހާއްސަކޮށް މާޒީގައި ވަރަށް ގިނަ ގޯސް ހެދިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް ވިދާޅުވީ ދެން ކުރިއަށް ދާނީ އެކަންކަން ރަނގަޅު ކޮށްގެން ކަމަށެވެ.
ރައީސް ޔާމީން
ހިޔާލު

ފަސީ

އެންމެ ކައިރީގަ ޖެހިގެން ތިހިރީވެސް ހިތްދަތިކަން ލިބިފައި ހުރި މީހެއްނު. އޯކޭވާނެ. ކައުންސިލް އިންތިޚާބުން ހިތްދަތިކަން ލިބުނަސް

މަރީނާ

ޔާމީނަކީ ހިތްދަތިކަން ފިލުވައިދޭ މީހެއް ނޫން ޔާމީނަކީ މީހުންނަށް ހިތްދަތި އަނިޔާ ދޭ މީހެއް އެކަމުގެ ސާފު ހެކި މިހާރުވެސް ޖަމީލު ކިބައިން އެ ފެންނަނީ އެއިނީ ޖަމީލު އިންގޮތް

ޖަމީލު

އެއްފަހަރާ އެއް ހަރަކުން ދެކައްޓޭތޯ؟ ޖަމީލަށް ތިވާހަކަ އަޑުއިވުނުބާ؟ މިސަރުކާރު އޮވެގެން ރައްޔިތުންނަށް މިވަނީ ހިތްދަތި ކަމެއްކަމަށް ވާނަމަ، މަނިކުފާނު ހޮވުނުނަމަ ރައްޔިތުން ތިބޭނީ ބޮޑު ބަލިމަޑުކަމެއް ޖެހިފާތޯއްޗެ!