Kim Woo Bin aai Shin Min Ah Kaiveni kuranee
image
ވޫ ބިން އާއި ޝިން މިން އާ--
1 ކޮމެންޓް
 

ކިމް ވޫ ބިން އާއި ޝިން މިން ކައިވެނި ކުރަނީ

ކޮރެއާގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ކިމް ވޫ ބިން އާއި ޝިން މިން އާ ކައިވެނި ކުރަން އުޅޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ކާމިޔާބު ކޮރެއަން ސީރީޒް، "ދަ ހެޔާސް" އިން ވެސް ފެނިގެންދިޔަ ވޫ ބިން އާއި މިން އާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ފަސް އަހަރު ވެއްޖެ އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އެމީހުން 2021 ވަނަ އަހަރުގެ ކުރީކޮޅު ކައިވެނި ކުރަން ވަނީ ނިންމާފައެވެ.

ކައިވެނީގެ ތައްޔާރީތައް ދެ ފަރާތުގެ އާއިލާއިން ވެސް މިހާރު ކުރަމުން އަންނަ ކަމަށް ވެއެވެ.

އުމުރުން 30 އަހަރުގެ ވޫ ބިން، މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ކެންސަރު ބަލީގެ ޝިކާރަކަށް އޭނާ ވެފައިވާ ކަމަށާއި އެހެންވެ ދުވަސްކޮޅަކަށް ފިލްމީ ދާއިރާއަށް ދުރައްޖެހިލާކަން އިއުލާނުކޮށްފައެވެ. އެގޮތުން މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭނާގެ އެޖެންސީއިން ނޫސްތަކަށް ބުނެއެވެ.

ކެންސަރުގެ ޝިކާރައަކަށް ވޫ ބިން ވިނަމަވެސް އޭނާގެ ލޯބިވެރިޔާ، މިން އާ އަންނަނީ އޭނާގެ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ. ވޫ ބިންއާއެކު ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލަށް ވެސް ގޮސް ހަދައެވެ.

ކިމް ވަނީ "އަ ޖެންޓަލްމެންސް ޑިގްނިޓީ" އާއި "ސްކޫލް 2013" އަދި "މާސްޓާ"ގެ އިތުރުން "ޓު ދަ ބިއުޓިފުލް ޔޫ" ފަދަ ސީރީޒްތަކުން ވެސް ފެނިގެންގޮސްފަ އެވެ.

މޮޑެލްއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ، މިން އާ ވަނީ "ބިއުޓިފުލް ޑޭސް" އާއި "އަ ލަވް ޓު ކިލް" އަދި "ދަ ޑެވިލް" އާއި "ޓުމޯރޯ ވިތު ޔޫ" ފަދަ ސީރީޒްތަކުން ފެނިފައެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔައީ މި އަހަރު ނެރުނު "ޗީފް އޮފް ސްޓާފް" އިންނެވެ.
ހިޔާލު

ހަހުރަ

އެދެމީހުން ނިންމި ނިންމުމަށް ވަރަށް ބޮޑަށް މަރުޙަބާ ކިޔަން!! ކޮންގްރެޖުލޭޝަންސް ޓު ދަ ލަވްލީ ކަޕްލް!!