Fuluhunge mahchah ohnna ithubaaru gehlley gothah vaahaka dhekkumakee hithaama eh: Nasheedh
image
ރައީސް ނަޝީދު-- ފޮޓޯ: ރާއްޖެ އެމްވީ
1 ކޮމެންޓް
 

ފުލުހުންގެ މައްޗަށް އޮންނަ އިތުބާރު ގެއްލޭ ގޮތަށް ވާހަކަ ދެއްކުމަކީ ހިތާމައެއް: ނަޝީދު

ފުލުހުންގެ މައްޗަށް އޮންނަ އިތުބާރު ގެއްލޭ ފަދަ ވާހަކަތައް އެ މުއައްސަސާގައި ތިއްބަވާ މަދު އޮފިސަރުންތަކެއް ދެއްކެވުމަކީ ހިތާމަހުރި ކަމެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު ދުވަސްވަރު، އޭނާ ފުރައިގެން ރާއްޖޭން ބޭރަށް ދިޔަ ކަން ދައްކަން އޭނާގެ ޕާސްޕޯޓެއް ހައްދަން މަސައްކަތް ކުރި ކަމަށް ބުނާ އިންޓެލް ދެ ފުލުހަކު ހައްޔަރު ކުރުމަށް އެޓާނީ ޖެނެރަލް ވަނީ ފުލުހުންނަށް އަންގާފަ އެވެ.

ތުހުމަތު ކުރެވޭ ދެ ފުލުހުންނަކީ މީގެ ކުރިން އިންޓެލްގައި ކުރިން މަސައްކަތް ކުރި މުހައްމަދު ޖިނާހު (ސާވިސް ނަމްބަރު 4493) އާއި އިބްރާހިމް ރިއްފަތު (ސާވިސް ނަމްބަރު 3246) އެވެ. މި ދެ ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރުމަށް ބަންޑާރަ ނާއިބު ދަންނަވާފައިވީ ނަމަވެސް ފުލުހުން ވަނީ މި ދެ ފުލުހުންގެ ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކޮށްފަ އެވެ. އަދި ގޭގައި މަޑު ކުރުމަށް ވަނީ އަންގާފަ އެވެ.

މިކަމާއި ގުޅިގެން ގިނަ ބަޔަކު ފުލުހުންނަށް އަންނަނީ ފާޑު ކިޔަމުންނެވެ. ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ރިލްވާންގެ ފޯނު ކޯލު އަޑުއެހުމަށާއި އޭނާއަށް ފާރަލުމަށް އޮޅުވާލައިގެން ކޯޓު އަމުރެއް ހޯދުން އެއީ ކުށެއް ނޫންތޯ ސުވާލު އުފައްދާފަ އެވެ. އަދި ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް އޮންނަ އިތުބާރު ގެއްލޭ ބާވަތުގެ ވާހަކަތައް އެ އިދާރާގެ މަދު ބަޔަކު ދައްކާ ކަމީ ހިތާމައެއް ކަމަށެވެ.

މި މައްސަލާގައި އާއްމުން ފުލުހުންނަށް ފާޑު ކިޔަމުންދާތީ ފުލުހުން ރޭ ނެރުނު ބަޔާނުގައި ބުނީ، އެ ދެ އޮފިސަރުންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭފަދަ ހެކި ލިބިފައިނުވާތީ އެ މައްސަލައާ ގުޅިގެން އެ މީހުން ހައްޔަރު ކުރަންޖެހޭ ފަދަ ގާނޫނީ ސަބަބެއް އޮތް ކަމަށް މަރުތައް ބަލާ ކޮމިޝަނުން ނުދެކޭ ކަމަށް، ރޭ އެ ކޮމިޝަނާއެކު ކުރެވުނު މަޝްވަރާތަކުގައި ބުނެފައިވާ ކަމަށެވެ.

އެކަމަކު އެ ދެ ފުލުހުންގެ މައްސަލަ ތަހުގީގުކޮށް އިދާރީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފެންނަ ކަމަށް އެ ކޮމިޝަނުން ލަފާދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި ކޮމިޝަނުން ލަފާ ދިން އިރު ވެސް ފުލުހުން ދިޔައީ ތުހުމަތު ކުރެވޭ ދެ ފުލުހުންގެ އިދާރީ މައްސަލަ ބަލަމުން ކަމަށް ވެސް ބުނެފައި ވެއެވެ.
ހިޔާލު

މުރާދު

ބަލަ މީހުން ހައްޔަރުކުރަނީ ބަޔަކާ މަސްވަރާ ކޮށްފަތަ. ތި ބައިމީހުން މީގެ ކުރިން ހުސްގަނޑު ގާޒީންނަށް ދައްކައިގެން ވެސް މީހުން ހައްޔަރުކޮށްފައި އެބަ ހުރި