Euro Qualification : Romania balikoh Spain ehvanaagai hama jehilaifi
image
ރޯމޭނިއާ ސްޕެއިްނ ވާދަކުރި މެޗުގެ ތެރެއިން--
މިއުނާ ހަސަން
0 ކޮމެންޓް
 

ރޯމޭނިއާ ބަލިކޮށް ސްޕެއިން އެއްވަނާގައި ހަމަޖެހިލައިފި

ޔޫރޯ ކޮލިފިކޭޝަންގައި ހުކުރު ދުވަހު ކުޅުނު މެޗު ކާމިޔާބުކޮށް ސްޕެއިން އެއްވަނާގައި ހަމަޖެހިލައިފި އެވެ.
ސްޕެއިން މެޗު ކާމިޔާބު ކުރީ ރޯމޭނިއާއާ ވާދަކޮށް 2-1 ގެ ނަތީޖާ އަކުންނެވެ.

ރޯމޭނިއާގެ ދަނޑުގައި ކުޅުނު އެ މެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެފައި ވަނީ ސްޕެއިން ޓީމުންނެވެ.

ސްޕެއިން ޓީމުން ވަނީ ރޯމޭނިއާގެ ފަހަތަށް ބާރު ބޮޑުކޮށް ވަރުގަދަ ހަމަލާތަކެއް އުފައްދާފަ އެވެ.

ނަތީޖާއެއްގެ ގޮތުން ރޯމޭނިއާގެ ކުޅުންތެރިއެއް ކުރި ފައުލަކާއިއެކު ސްޕެއިންއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ.

ސްޕެއިންއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދީ، މެޗުގެ 29 ވަނަ މިނެޓުގައި އެ ޓީމަށް ލީޑް ނަގައިދިނީ ރެއަލް މެޑްރިޑްގެ ތަރި ސާޖިއޯ ރާމޯސް އެވެ.

ސްޕެއިންގެ ޕެނަލްޓީއާއެކު ރޯމޭނިއާއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ނަތީޖާ ނެރުމަށް މަސައްކަތްތަކެއް ކޮށްފައެވެ. އެހެން ނަމަވެސް އެދެވޭ ނަތީޖާއެއް ނެރެވޭ ގޮތް ވަނީ ނުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާ އިން ސްޕެއިން ލީޑްގައި އޮވެގެންނެވެ. ދެވަނަ ހާފް ފެށިގެން ސްޕްއިންގެ ކުޅުން އިތުރަށް ރަނގަޅުކޮށް ލީޑް އިތުރަށް ފުޅާ ކުރިއެވެ.

ސްޕެއިންގެ ދެވަނަ ލަނޑު މެޗުގެ 47 ވަނަ މިނެޓުގައި ޖޯޑީ އަލްބާގެ އެހީތެރިކަމާއެކު ކާމިޔާބުކޮށް ދިނީ ޕެކޯ އަލްކެސާ އެވެ.

ސްޕެއިން ދެ ގޯލުގެ ލީޑެއް ނެގުމާއެކު، ރޯމޭނިއާއިން، ކުޅުން ރަނގަޅުކޮށް ސްޕެއިންގެ ފަހަތަށް ބާރުބޮޑު ކުރުމުގެ ނަތީޖާއަކަށް ވީ މެޗުގެ 59 ވަނަ މިނެޓުގައި ޖޯޖް ޕުސްކަސްގެ އެހީތެރިކަމާއެކު ފްލޮރިން އެންޑޮން ރޯމޭނިއާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީ ލީޑް ހަނި ކުރުމެވެ.

ރޯމޭނިއާގެ މި ލަނޑަށް ފަހުގައި ވެސް ލީޑް ނަގާނެ ރަނގަޅު ފުރުސަތުތަކެއް އެ ޓީމަށް ލިބި ވަނީ ބޭކާރުވެފަ އެވެ. ރޯމޭނިއާގެ އިތުރުން ސްޕެއިންއަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބި ވަނީ ބޭނުން ނުހިފިފަ އެވެ.
ފުޓްބޯޅަ
ހިޔާލު