Rilwan mahsalaigai Fiyavalhu alhan jehey meehunnah fiyavalhu alhaathoa balaanan: Imran
image
ޕޮލިސް ކޮމިޝަނަރާއެކު މިނިސްޓަރު އިމްރާން މަޖިލީހުގައި--
0 ކޮމެންޓް
 

ރިލްވާން މައްސަލާގައި ފިޔަވަޅު އަޅަންޖެހޭ މީހުންނަށް ފިޔަވަޅު އަޅާތޯ ބަލާނަން: އިމްރާން

މަރުތައް ބަލާ ރިޔާސީ ކޮމިޝަނުން ހާމަކުރި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ތަހުގީގީ ރިޕޯޓާ ގުޅިގެން ފުލުހުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާތޯ ކަށަވަރުކުރާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވި ގޮތުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ރިލްވާން ރަހީނުކޮށްގެން ގެންގޮސް، ކަނޑު އުޅަނދެއްގައި އޭނާ ވަނީ މަރާލާފަ އެވެ. އެކަމަކު ބައެއް ހެކިބަހުގެ ފުށުއެރުންތަކެއް ހުރުމުން މަރާލި ގޮތް ސާބިތެއް ނުވެއެވެ.

އެކަމާ ގުޅިގެން މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދުވަހު އުފެއްދެވި މަރު ކޮމިޝަނުން ރިލްވާނުގެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި އެ ތަހުގީގަށް ބިނާކޮށް ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް ރައީސް ސޯލިހު ފިޔަވަޅު އަޅުއްވާނެކަން ވެސް ޔަގީން ކަމަށެވެ.

އޭގެ އިތުރުން ވިދާޅުވީ އެކަމާ ގުޅިގެން ފުލުހުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު އެހެން ވިދާޅުވިއިރު ރިލްވާނު ގެއްލުވާލި މައްސަލައިގައި ހިމެނޭ ދެ ފުލުހެއްގެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ދަނީ ބަލަމުންނެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ، ރިލްވާން އެންމެ ފަހުން ފެނިފައި ވަނީ އޯގަސްޓް 8، 2014 ގައެވެ. އޭނާ މަރުވި ކަމަށް ހާމަކޮށްފައި މިވަނީ ވީނުވީއެއް ނޭނގި އޭނާ ގެއްލިގެން އާއިލާއިން ވީ ގޮތެއް ހޯދައިދިނުމަށް އާދޭސްކުރާތާ ފަސް އަހަރު ހޭދަވި ފަހުންނެވެ.
ހިޔާލު