Insaafu libeyne kamuge evves ummeedheh neiy: Rilwan ge dhahtha
image
ރިލްވާންގެ ދައްތަ ފާތުމަތު ޝެހެނާޒް އަދުނާން-- ފޮޓޯ: ރޮއިޓާސް
ރައްޔާން މުޙައްމަދު
3 ކޮމެންޓް
 

އިންސާފު ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް: ރިލްވާންގެ ދައްތަ

ވަގަށް ނެގުމަށް ފަހު މަރާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ އަށް އިންސާފު ލިބޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށް ރިލްވާންގެ އާއިލާއިން ބުނެފި އެވެ.
ރިލްވާންގެ ދައްތަ ފާތުމަތު ޝެހެނާޒް އަދުނާން މިއަދު ކުރި ޓްވީޓެއްގައި ވަނީ ރިލްވާން މަރާލުމުގައި ދައުލަތުގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށްފަ އެވެ. އެގޮތުން އެކަމުގައި "ފުލުހުންނާއި ސަރުކާރު އޮތީ ރަނގަޅަށް ބައިވެރިވެފައި" ކަމަށް ޝެހެނާޒް ވިދާޅުވި އެވެ.

ޝެހެނާޒް ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް މިހާރު އެއްވެސް އިތުބާރެއް ނެތް ކަމަށެވެ. ރިލްވާންގެ މައްސަލާގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ބައެއް ފުލުހުން އަދިވެސް އެ މުއައްސަސާގައި ވަޒީފާ އަދާކުރަމުން ދާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޝެހެނާޒް މިހެން ވިދާޅުވީ އިރު ރިލްވާން ރާއްޖޭން ބޭރަށް ފުރައިގެން ގޮސްފައި ކަމަށް ދައްކަން ޕާސްޕޯޓެއް ހައްދަން އުޅުނު ކަމަށް ބުނާ އިންޓެލިޖެންސްގެ ދެ ފުލުހުން ހައްޔަރު ކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ފުލުހުންނަށް އަންގާފަ އެވެ. ނަމަވެސް އެ ދެމީހުން ހައްޔަރު ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ރިޔާސީ ކޮމިޝަނުން ފުލުހުންނަށް ވަނީ އަންގައިފައެވެ.

ރިލްވާން ވަގަށް ނަގާފައި ވަނިކޮށް، އޭނާ ރާއްޖެ އިން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމަށް ދައްކަން ޕާސްޕޯޓެއް ހައްދަން އުޅުނު ކަމަށް ބުނާ އިންޓެލިޖެންސްގެ ދެ ފުލުހުންނަކީ، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަންގެ ޑްރާފްޓް ރިޕޯޓުގައިވާ ގޮތުން މުހައްމަދު ޖިނާހާއި އިބްރާހިމް ރިފްއަތެވެ.

ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޖިނާހާއި ރިފްއަތު އިއްޔެ އިން ފެށިގެން މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންގެ އިދާރީ މައްސަލަތައް ބަލައި ތަހުގީގު ކުރުމަށް ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން އެ ދެ ފުލުހުންގެ މައްސަލަ ޑިސިޕްލިނަރީ ބޯޑަށް ހުށަހަޅަން ތައްޔާރު ވަމުން އަންނަ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.

އޮގަސްޓް 8، 2014 ގައި ރިލްވާން ގެއްލުނު މައްސަލަ ތަހުގީގު ކުރުމުގައި ދައުލަތުން، ހާއްސަކޮށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިހުމާލުވެފައިވާ ކަމުގެ ތުހުމަތު ރިލްވާންގެ އާއިލާއިން އައީ ކުރަމުންނެވެ. އަދި އެ މައްސަލަ ބެލުމަށް ހުށަހެޅުނު ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވެސް އިހުމާލުވެފައިވާ ކަމުގެ ތުހުމަތު އާއިލާއިން ކުރެއެވެ.
ހިޔާލު

ޙުސެން

މިވާހަކަ އަޅުދައްކާތާނ އެތައް ދުވަހެއް ވެއްޖެއެވެ. ރިޒްއާންވަގައް ނަގާ ހެދި އެއްޗެއް ހެދީ ފުލުހުންނެވެ. އެއީ އެ ގޭންގް ގެވެރިޔާގެ އޯރޑަރަށެވެ. ޠާމީން ރަޝީދުވެސް މަރާލީ ފުލުހުންނެވެ. އެކަމުގައި ކޮންމެވެސް ގޭންގެއް ވެސް ބައިވެރިކޮށްލަފާނެއެވެ. ގޭންގެއްގެ ބޮލުގައި އަޅުވަނީ އަސްލު ޤާތިލުން ފޮރުވުމުގެ ބޭނުމުގައެވެ.ދެ އަހަރުވަންދެން ހެކިނައްތާ ކޮންމެވެސް ސްޓޯރީއެއް ވަނީ ތައްޔާރުކޮށްފައެވެ. އެ ސްޓޯރީ ފޫނުބެދޭކަން ވެސް އިޙްސާސެއް ނުވިއެވެ. ދެން މި ހަޔަރ ކޮށްގެން ގުޅެ ގްރޫޕްއާއި ހަދާފައިވާޑިލް ވެސް ކޮންމެވެސް ދުވަހަކު ހާމަވާނެއެވެ.ފުލުހުން އެމީހުންނށް ޔަޤީން ކޮށް،ދީފައިވާނީ އރމީހުންގެ މައްޗަށް ކުށްސާބިތުނުކުރެވޭނެކަމެވެ. އެކަން ވެސް ފުލުހުން ކުރާނެއެވެ. ޤާޒީ އާއި ވަކީލް އާއި އެންމެންގުޅިގެން ކައްކާފައިވާ މި ރިހަގަނޑު ވެސް އުކާލެވޭނެ ދުވަހެއް އަންނާނެއެވެ.

އަހުަމަދު

ތިޔަ ހީކުރާހާފަސޭހައިން ތިޔަކަމަކަށް އިންސާފެއް ލިބޭނެހެނެއް ހަމަހިއެއްނުވޭ... ކަމަކީ ހުރިހާ ދާއިރާއެއް ގުޅިގެން ކޮށްފައިވާކަމަކަށްވެފައި ސަރީޢަތްކުރަނީ ބޭރުފުށަށް ކަމަށްވާތީ ކިހިނެއްތޯ ވަކިމީހެއްގެމައްޗަށް ސާބިތު ކުރާނީ..

ހިތާމަ

މި ސަރުކާރަކުން ނުބަލާނެ ހާއްސަކޮން އައްޑޫއައް ނިސްބަތްވަންޔާ ހުރިހާ ކުރިއެރުން މާލެޔަށް ދޭނި އައްޑޫއައް ކުރިއެރުން ދީފިއްޔާ މާލެ ބަޑަށް ޖެހޭނެ ގެރެންޓި