20 meehunnaa eku dhathuru kuri launch eh dhiyavanee
image
ކޯސްޓުގާޑު އުޅަނދެއް--
0 ކޮމެންޓް
 

ވިހި މީހުންނާއެކު ދަތުރު ކުރި ލޯންޗެއް ދިޔަވަނީ

މާލެ ދަތުރު ކުރަމުން ދިޔަ ލޯންޗެއް ދިޔަވާތީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހަރަކާތްތެރިވާން ފައްޓައިފި އެވެ.
އެމްއެންޑީއެފުން ބުނީ ދިޔަވަމުން ދަނީ ޅ. ހިންނަވަރުން ފުރައިގެން މާލެ ދަތުރު ކުރަމުން ދިޔަ "ކޮމްޕަސް" ނަމަކަށް ކިޔާ ލޯނެއްޗެއް ކަމަށެވެ.

ވިހި މީހުންނާއެކު ދަތުރު ކުރި އެ ލޯންޗު، ކ. ކާށިދޫގެ އުތުރުން ހަތް ނޯޓިކަލް މޭލު ބޭރުން ދިޔަވަމުންދާ ކަމުގެ މައުލޫމާތު މިއަދ ލިބިފައިވާ އެމްއެންޑީއެފުން ބުނެ އެވެ.

އެ ލޯންޗަށް އެހީވުމަށް ހަރަކާތްތެރިވަމުން ދަނީ އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓުގާޑުންނެވެ.
ހިޔާލު