Rilwan massalaige report aa medhu Suood aai Mariya mashvaraa kuravvaifi
image
ޑިފެންސް މިނިސްޓަރާއި މަރު ކޮމިޝަނުގެ ރައީސް-- ފޮޓޯ: ޑިފެންސް މިނިސްޓްރީ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ރިލްވާން މައްސަލައިގެ ރިޕޯޓާ މެދު ސުއޫދާއި މާރިޔާ މަޝްވަރާ ކުރައްވައިފި

ނޫސްވެރިޔާ ރިލްވާން އަބްދުﷲ ގެ މައްސަލާގައި ރިޔާސީ ކޮމިޝަނުގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތާ ގުޅޭ ގޮތުން ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ މަޝްވަރާ ކުރައްވައިފި އެވެ.
މިއަދު ޑިފެންސް މިނިސްޓްރީގައި އޮތް ބައްދަލުވުމެއްގައި މިނިސްޓަރު އޮފް ޑިފެންސާއި ގައުމީ ދިފާއީ ބާރުގެ އެންމެ އިސްވެރިން ވަނީ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ނެރުއްވާފައިވާ އިންޓެރިމް ރިޕޯޓާ މެދު މަޝްވަރާކުރައްވާފަ އެވެ.

އޭގެ އިތުރުން ހައްދު ފަހަނައަޅާ ދިޔުމާއި ނުރައްކާތެރި ހަރުކަށި އަމަލުތައް ދިވެހިރާއްޖޭގައި ހިނގާކަމީ، އެބޭފުޅުން އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމުގައި ފާހަގަކުރައްވި އެވެ.


އެފަދަ ކަންކަމަކީ، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި ޤައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ ކަންކަމަށް ވާތީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި، ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރާއި، ކަމާބެހޭ ދައުލަތުގެ އެހެނިހެން މުއައްސަސާތަކާ ގުޅިގެން، ސުލްހަވެރި، އަމާން ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހު ގެންގުޅުއްވާ "ޕޮލިސީ އޮފް ޒީރޯ ޓޮލެރަންސް އޮން ޓެރަރިޒަމް" ތަންފީޒު ކުރުމަށްޓަކައި، މިހާރުން މިހާރަށް ވެސް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ހިޔާލު