Lonumedhu: ethah bayyakah faruvaa eh
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ލޮނުމެދު: އެތައް ބައްޔަކަށް ފަރުވާއެއް

ލޮނުމެދު ސިފަވެފައި އޮންނަނީ ކެއްކުމުގައި ރަހަ ރަނގަޅު ކުރަން ބޭނުން ކުރާ އެއްޗެއް ގޮތުގައެވެ. ނަމަވެސް ލޮނުމެދަކީ އިހުއްސުރެ ބޭސްވެރިކަމުގައި ފުޅާ ދާއިރާއެއްގައި ބޭނުން ކުރަމުން އައި އެއްޗެކެވެ.
އެންޓިބައޯޓިކް ސިފަތައް ހިމެނޭ ލޮނުމެދަކީ އެތައް ބައްޔެއްގެ ފަރުވާއަކަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ. ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަ ކޮށްދެއެވެ. ސައިންސްވެރިން ހެދި ދިރާސާއަކުން ދައްކާ ގޮތުން ޕެނެޑޯލް ފަދަ ބޭހުގެ ބަދަލުގައި ލޮނުމެދު ބޭނުން ކުރުމަކީ ރޯގާ ފަދަ ބަލިތަކުން 63 އިންސައްތަ ދުރުކޮށްދޭ ކަމެކެވެ.

ލޮނުމެދަކީ ހިތުން ހަށިގަނޑަށް ލޭ ފޯރުކޮށްދޭ މިންވަރު ނުވަތް ބްލަޑް ޕްރެޝާ ދަށް ކޮށްދޭ އެއްޗެކެވެ. އޭގެ ސަަބަބުން ހިތުގެ ބަލިތަކުން ސަލާމަތްވުމަށް މަގުފަހިކޮށްދެއެވެ. ހަމަ އެހެންމެ ހަށިގަނޑުގައި ހިމެނޭ ހަށިގަނޑަށް ނުރައްކާތެރި ކޮލެސްޓްރޯލް (އެލްޑީއެލް) ގެ މިންވަރު ދަށްކޮށްދިނުމަށް ވެސް އެހީވެދެއެވެ.

އަންހެނުންނަކީ އާންމުކޮށް އުމުރުން ދުވަސްވާ ވަރަކަށް ކަށި ފީވުން ފަދަ ކަންތައްތައް ދިމާވާ ބައެކެވެ. ލޮނުމެދު ކައި އުޅޭނަމަ ހަށިގަނޑުގައި އީސްޓްރޮޖެން މި ހޯމޯން އިތުރުކޮށްދީ ކަށި ވަރުގަދަކޮށްދޭނެ އެވެ.

ހަށިގަނޑުގައި ޖަމާވެފައި ހުންނަ ނޭދެވޭ ސަރުބީ ނައްތާލަން މަސައްކަތްކޮށް ކޮލެސްޓްރޯލް ބައްޔަށް ފަރުވާކުރުމަށް ވެސް ލޮނުމެދު ބޭނުންކުރެ އެވެ. ހަށިގަނޑުގެ ބަރުދަން ލުއިކޮށް މީހާގެ ސިފަވެސް ރީތިކޮށްދެއެވެ.

ހަމަ އެހެންމެ ލޮނުމެދަކީ ގޮހޮރުގައި ކާނާ ހަޖަމުކުރުމަށް އެހީވާ ނިޒާމުކަމަށްވާ މެޓަބޮލިޒަމް އަވަސްކޮށްދީ ގޮހޮރުގެ ފާރުތައް ވެސް އޮމާން ކޮށްދޭ އެއްޗެކެވެ.
ސިއްހަތު
ހިޔާލު