7000 Flat aa gulhigen Nasheed dhekkevi vaahaka ah China safeeru ge rahdhu
image
ޗައިނާ ސަފީރާއި ރައީސް ނަޝީދު--
2 ކޮމެންޓް
 

ހަތްހާސް ފްލެޓާއި ގުޅިގެން ނަޝީދު ދެއްކެވި ވާހަކައަށް ޗައިނާ ސަފީރު ރައްދު ދެއްވައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޗައިނާއިން އަޅައިދީފައިވާ ފްލެޓުތައް އަޅާފައިވަނީ އެހެން ފަރާތްތަކުން އަޅާފައިވާ ފްލެޓުގެ ދެގުނަ އަގު ބޮޑުކޮށް ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކައަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒާން ލިޒޮން ރައްދު ދެއްވައިފި އެވެ.
ސަފީރު ވަނީ ފުރަތަމަ ވެސް ނަޝީދުގެ އެ ވާހަކަ ދޮގު ކުރައްވާފަ އެވެ. ނަޝީދު ވިދާޅުވީ ޗައިނާއިން އެ ފްލެޓު އަޅާފައި ވަނީ ފިނިޝިންއާ ނުލާ އަކަފޫޓެއް 1900 ރުފިޔާއަށް ކަމަށެވެ. މާލޭގައި އަޅާފައިވާ އެހެން ފްލެޓުތައް އެހެނިހެން ކުންފުނިތަކުން އަޅާފައި ވަނީ އަކަފޫޓެއް 1200 ރުފިޔާއަށް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ފްލެޓު ގަނެވޭ ވަރަށް އަގު ތިރި ކުރުމަށް ސަރުކާރުން ސަބްސިޑައިޒް ކުރަން ޖެހޭ ކަމަށް ނަޝީދުގެ ވިދާޅުވި އެވެ.

ނަޝީދުގެ އެ ވާހަކަތަކާއި ގުޅިގެން ޗައިނާ ސަފީރު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފްލެޓެއް އަޅަން އަކަފޫޓަކަށް ހަރަދުވެފައި ވަނީ 1450 ރުފިޔާ ކަމަށެވެ. އަދި އެއިން ކޮންމެ ފްލެޓެއްގައި 720 އަކަފޫޓު ހުންނާނެ ކަމަށާއި ކޮންމެ ފްލެޓެއް އެޅުމަށް 62،000 ޑޮލަރު ހަރަދުވެފައިވާ ކަމަށް ވެސް ސަފީރު އާއްމު ކުރެއްވި އަގުތަކުގައި ވެއެވެ. ސަފީރު ވިދާޅުވީ އެ މައުލޫމާތު އެމަނިކުފާނު ހޯއްދެވީ 7000 ފްލެޓު އެޅުމަށް ހަވާލުކޮށްފައިވާ ޗައިނާގެ ކޮންޓްރެކްޓަރުގެ ފަރާތުން ކަމަށެވެ. ސަފީރު ވިދާޅުވީ ފިނިޝިންއާ ނުލާ އަކަފޫޓަކަށް 1320 ރުފިޔާ އަރާނެ ކަމަށެވެ.

ސަފީރު ވިދާޅުވި ގޮތުގައި، ފްލެޓެއް އަޅަން އަކަފޫޓަކަށް ހަރަދުވީ 1450 ރުފިޔާ އެވެ. އޭނާ އާންމު ކުރެއްވި މައުލޫމާތުތަކުން ދައްކާ ގޮތުގައި އެއިން ކޮންމެ ފްލެޓެއްގައި ހުންނަނީ 720 އަކަފޫޓެވެ. އަދި ކޮންމެ ފްލެޓެއް އަޅަން 62،000 ޑޮލަރު ހަރަދުވި އެވެ. އަދި ފިނިޝިންއާ ނުލައި އަކަފޫޓަކަށް ގާތްގަނޑަކަށް 1320 ރުފިޔާ އަރާ ކަމަށް މައުލޫމާތުތަކުން ދައްކައެވެ.

ދާދި ފަހުން ބޭއްވި އައިއޯސީ ކޮންފަރެންސްގައި ވެސް ނަޝީދު ވަނީ ޗައިނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އެގޮތުން ޗައިނާއަކީ ބިން ފޭރޭ ގައުމެއްގެ ގޮތުގައި ރައީސް ނަޝީދު ވަނީ ސިފަ ކުރައްވާފަ އެވެ. މީގެ ކުރިން ވެސް ރައީސް ނަޝީދާއި ޗައިނާ ސަފީރާއި ދެބޭފުޅުންގެ ދެމެދު ވަނީ ބަހުގެ ހަމަލާތަކެއް ބަދަލު ކޮށްފައެވެ.
ހިޔާލު

އަހައްމާ

ފުލެޓް އަލަށް އަކަފޫޓަކަށް ޚަރަދު ވެފައިވަނީ =/1450 ރުފިޔާ އެހެން ކަމުން 720 އަކަ ފޫޓް ވީމާ : 720*1450 =/1044000 ރުފިޔާއެވެ. ޑޮަލަރު ރޭޓުންނަމަ :67704.28 ޑޮލަރެވެ. އަދި އެއްކޮށް ނުނިމެއެވެ. ފިނިސިންނަށް އެއްކޮށް ދާނޭވަރެއް ނޭގެއެވެ. އެހެން ކަމުން ދެން ގަބޫލު ކުރަންވީ ކާކު ދައްކާ ވާހަކައެއްތޯ ؟ ޗައިނާ ސަފީރު އެހެން ބުނިކަމުގައި ވިޔަސް އަދި މިބުނި އަގަކީ ވެސް ބޮޑު އަގެކެވެ. ސަބަބަކީ ހުރިހާ އެއްޗެއް ބޭރުން ގެނައިސްގެން ކޯސްޓް ކުޑަ ނުކުރެވުނީތާ ؟

އިހުސާނާ

މީވެސް ހާދަހާވާ ހިތާވާ ދެ ކުދިންނޭ ދޯ؟ ހަމަ ދޭތެރެޔަކުން ކޮންމެވެސް ކަހަލަ ކަންތައް