Rilwan massalaiga Maru commission 241 Committee ah haaziru kuranee
image
މަރު ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދާއި މެމްބަރު މިސްބާހު އައްބާސް--
1 ކޮމެންޓް
 

ރިލްވާން މައްސަލާގައި މަރު ކޮމިޝަން 241 ކޮމެޓީއަށް ހާޒިރު ކުރަނީ

ނޫސްވެރިޔާ ރިލްވާން އަބްދުﷲ މައްސަލާގައި ރިޔާސީ ކޮމިޝަނުން ހެދި ތަހުގީގީ ރިޕޯޓާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކޮމިޝަނުގެ މެމްބަރުން މިއަދު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތުގެ ކޮމިޓީއަށް ހާޒިރުކުރަން ތާވަލުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި އެ ކޮމެޓީއަށް މަރުތައް ބަލާ ކޮމިޝަނުގެ މެންބަރުން ހާޒިރު ކުރުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރު 02:00 ގައެވެ. ކުރިން އޮތީ ހެނދުނު 10:00 ގައި ހާޒިރު ކުރާ ގޮތަށެވެ.

އެ މައްސަލާގައި މަރުތައް ބަލާ ކޮމިޝަނާއި 241 ކޮމެޓީން ބައްދަލު ކުރާއިރު ހަމަ އެ މައްސަލައާ ގުޅޭ ގޮތުން ކޮމިޝަނުން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި ގުޅޭގޮތުން ފުލުހުންގެ އިސްވެރިންނާއި ވެސް 241 ކޮމެޓީން ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބައްދަލު ކޮށްފަ އެވެ. ނަމަވެސް އެ ބައްދަލުވުން ކުރިއަށް ދިޔައީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.

އެ ރިޕޯޓުގައި ރިލްވާން ސީރިޔާއަށް ދިޔަ ކަމަށް ދެއްކުމުގެ ގޮތުން ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތް ކުރި ދެ ފުލުހަކު ޕާސްޕޯޓެއް ހެއްދުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އެކަމުގެ ސަބަބުން އެ ދެ ފުލުހުން މިހާރު ވަނީ ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެރިކޮށް ގޭގައި މަޑު ކުރަން އަންގާފަ އެވެ. ނަމަވެސް އެ ދެ ފުލުހުން ހައްޔަރު ކުރުމަށް ބަންޑާރަ ނާއިބު ވަނީ ފުލުހުންނަށް ލަފާ ދީފަ އެވެ. ފުލުހުން ބުނީ އެ ދެ ފުލުހުން ހައްޔަރު ކުރެވޭނެ ވަރަށް ހެކި ނެތް ކަމަށެވެ.
ހިޔާލު

ޭއަލީ

ކޮމިޝަނަށް ނުފޫޒް ފޯރުވުން ނޫން ކަމެއް ނުކުރޭ. މީހެއްގެ މައްޗަށް ސާބިތު ނުހިފޭ ދޮގު ތުހުމަތަކަށް މީހަކު ހައްޔަރު ކުރުމުން އިންސާލިބޭނެބާ