Farah eri Launch adiah hingahje
image
އަޑިއަށް ދިޔަ ފެރީ--
0 ކޮމެންޓް
 

ފަރަށް އެރި ލޯންޗު އަޑިއަށް ހިނގައްޖެ

ނ. އަތޮޅުން ފުރައިގެން މާލެ އަށް 31 މީހުންނާއެކު ދަތުރުކުރަނިކޮށް ރޭ ފަރަށް އެރި ލޯންޗު ފުންކޮށްގެން ކ. ގާފަރަށް ގެންދަނިކޮށް އަޑިއަށް ހިނގައްޖެ އެވެ.
ކޮންފޯޓު އެކްސްޕްރެސް އެމްއެސް 1 ނަމަކަށް ކިޔާ ފެރީއެއް ކ. އަތޮޅު ކަގި މޯލްޑިވްސް ރިސޯޓުގެ ހުޅަނގު ފަރާތު ކަނޑު އޮޅީގެ ފަރަށް އެރީ ރޭ 21:46 ގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ ލޯންޗު ފުންކޮށްގެން އެހެން އުޅަނދެއްގައި ކަފުޖަގައިގެން ގާފަރަށް ގެންދަނިކޮށް ލޯންޗު މިއަދު ހެނދުނު 9:45 ގައި ކަނޑަށް އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ލޯންޗު އަޑިއަށް ދިޔައީ ފަސް މީހުން އޭގައި ތިއްބަ އެވެ. އެކަމަކު އެވަގުތު ލޯންޗު ކަފު ޖަހައިގެން ދިޔަ އުޅަނދަށް އެމީހުން ވަނީ އަރުވާފަ އެވެ.

އަށްޑިހަ ހަތަރު ފޫޓުގެ އެ ލޯންޗު އަޑިއަށް ދިޔަ ސަރަހައްދުގައި މާލޭ އޭރިއާ ކޯސްޓްގާޑުގެ ލޯންޗެއް ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ފެރީ ފަރަށް އެރި ވަގުތު އޭގައި 11 އަންހެނުންނާއި ހަތަރު ކުޑަ ކުދިންނާއި 16 ފިރިހެނުންނާއެކު ޖުމްލަ 31 މީހުން ދަތުރުކުރި އެވެ. އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރަހައްދަށް އެމްއެންޑީއެފް ހާބާ ކްރާފްޓް ލޯންޗާއި ކޯސްޓްގާޑު ސީ އެމްބިއުލާންސް ދިޔައިރު ރޭ ދަންވަރު 2:10 ގައި ވަނީ ލޯންޗުން ދަތުރުކުރި މީހުން ސީއެމްބިއުލާންސްގައި އެމީހުން މާލެ ގެނެސްދީފައެވެ.
ހިޔާލު