104 kulhuntherinnaaeku Dhiraagu tennis open mubaaraaiy fashaifi
image
ޓެނިސް މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ރައްޔިތންގެ މަޖިލިސް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

104 ކުޅުންތެރިންނާއެކު ދިރާގު ޓެނިސް އޯޕެން މުބާރާތް ފަށައިފި

ޓެނިސް އެސޯސިއޭޝަން އިން އިންތިޒާމް ކޮށްގެން ބާއްވާ "ދިރާގު ޓެނިސް އޯޕެން" މުބާރާތް އިއްޔެ ފަށައިފި އެވެ.
އިއްޔެ ހަވީރު ގައުމީ ޓެނިސް ސެންޓަރުގައި އެ މުބާރާތް ހުޅުވިގެން ދިޔަ އިރު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.

ސެޕްޓެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށް އެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވާއިރު ޓެނިސް އެސޯސިއޭޝަން ބުނީ އެ މުބާރާތް ބޭއްވުމުގެ މަގުސަދަކީ ޓެނިސް ކުޅުންތެރިންގެ މެދުގައި ވާދަވެރިކަން އިތުރުކޮށް ބައިނަލްއަގްވާމީ ކުޅުންތެރިންނާއެކު ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.އެކި ކެޓެގަރީތަކަށް ބަހާލައިގެން ކުރިޔަށްގެންދާ އެ މުބާރާތުގައި ރާއްޖޭގެ 94 ކުޅުންތެރިން ބައިވެރިވެފައި ވެއެވެ. އަދި ސްރީލަންކާގެ 10 ކުޅުންތެރިން ވެސް ހިމެނެ އެވެ. މިއީ އެ މުބާރާތް ބޭއްވިގެންދާ ދެވަނަ އަހަރެވެ.
ދިރާގު ޓެނިސް
ހިޔާލު