Bar Council hingaa committee ah aa membaraku hovan EC ge ehee ah edhijje
image
ބާ ކައުންސިލާއި އެކު ބޭއްވި ބައްދަލުވުމުގައި އީސީގެ މެންބަރުން-- ފޮޓޯ: އަކްރަމް/ ޓްވީޓާ
0 ކޮމެންޓް
 

ބާ ކައުންސިލް ހިންގާ ކޮމިޓީއަށް އާ މެމްބަރަކު ހޮވަން އީސީގެ އެހީއަށް އެދިއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި މިހާރު އިންނެވި އަލްއުސްތާޒާ އައިޝާ ޝުޖޫން ބާ ކައުންސިލުގެ އެގްޒެކްޓިވް ކޮމިޓީން އިސްތިއުފާ ދެއްވުމާއި ގުޅިގެން ހުސްވި މަގާމަށް މެމްބަރަކު ހޮވުމަށް ބާ ކައުންސިލުން ބާއްވާ އިންތިހާބަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އެހީއަށް އެދިއްޖެ އެވެ.
އީސީގެ މެންބަރު އަހުމަދު އަކްރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ އިންތިހާބުގައި ބާ ކައުންސިލުން އިލެކްޝަންސް ކޮމިޝަނުގެ އެހީތެރިކަމަށް އެދިފައި ވާތީ އެކަމުގައި މިއަދު ބާ ކައުންސިލާއެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރު ކަމުން ޝުޖޫން އިސްތިއުފާ ދެއްވާފައި ވަނީ އެކަމަނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރެއްވުމުންނެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީއަށް މެންބަރަކު އިންތިހާބު ކުރުން އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. ބާ ކައުންސިލަކީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކައުންސިލެކެވެ. މި ކައުންސިލަކީ ވަކީލުންގެ ކަންކަން ބަލަހައްޓާ މޮނީޓާ ކުރާ ކައުންސިލެކެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީއަށް ފުރަތަމަ މެންބަރުން އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބު ވެސް ބާއްވާފައި ވަނީ އިލެކްޝަންސް ކޮމިޝަނުގެ ބެލުމުގެ ދަށުންނެވެ.
ހިޔާލު