Mahesh Bhatt Maruvi habaru dharifulhu Pooja dhogukohfi
image
މަހޭޝް ބަޓް އާއި އޭނާގެ އެންމެ ހަގު އަދި ދޮށީ ދަރިފުޅު--
0 ކޮމެންޓް
 

މަހޭޝް ބަޓް މަރުވި ހަބަރު ދަރިފުޅު ޕޫޖާ ދޮގުކޮށްފި

ބޮލީވުޑުގެ ޒުވާން ބަތަލާ އާލިއާ ބަޓްގެ ބައްޕަ އަދި ޕްރޮޑިއުސަރު މަހޭޝް ބަޓް މަރުވެއްޖެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދިޔަ ހަބަރުތައް އޭނާގެ އެންމެ ދޮށީ އަންހެން ދަރިފުޅު ޕޫޖާ ދޮގުކޮށްފި އެވެ.
އޭރު އަޑުތައް އެރީ ހާޓް އެޓޭކެއް ޖެހިގެން ފަރުވާ ދެމުންދަނިކޮށް އުމުރުން 70 އަހަރުގެ މަހޭޝް މަރުވި ކަމަށެވެ. އެކަމަކު ބައްޕަގެ ފޮޓޯތަކެއް ހިއްސާކޮށް ޕޫޖާ ވަނީ ފެތުރެމުންދަނީ ދޮގެއް ކަމަށް ބުނެ ޓްވީޓެއް ކޮށްފައެވެ.

މަހޭޝް ބަޓް ދެ ކައިވެންޏެއް ކޮށްފައިވާއިރު އެ ދެކައިވެންޏަށް އޭނާއަށް ވަނީ ހަތަރު ދަރިން ލިބިފައެވެ. އެގޮތުން 1970 އިން 1990 އަށް ކިރަންއާ އޭނާ ކައިވެނިކޮށްގެން އުޅުނުއިރު ޕޫޖާ އާއި ރާހުލް ވަނީ ލިބިފައެވެ. އަދި އޭގެ ފަހުން ޑައިރެކްޓަރ ސޯނީ ރާޒްދަންއާ އޭނާ ކައިވެނި ކުރިއިރު އާލިއާ އާއި ޝާހީންއަކީ އެ ކައިވެންޏަށް ލިބުނު ދެ ދަރިންނެވެ.

"އާޝިގީ" އާއި "ރާޒް" އަދި "ހަމާރީ އަދޫރީ ކަހާނީ" ގެ އިތުރުން "ޖިސްމް" އަދި "ޖަންނަތު" ފަދަ ފިލްމުތައް މަހޭޝް ވަނީ އުފައްދާފައެވެ. އޭނާ މިހާރު އަންނަނީ އެންމެ ހަގު ދަރިފުޅު އާލިއާ އާއި ދޮށީ ދަރިފުޅު ޕޫޖާ ފުރަތަމަ ފަހަރަށް އެކުގައި ފިލްމަކުން ފެނިގެންދާނެ "ސަޅަކް 2" ގެ މަސައްކަތް ކުރަމުންނެވެ. މިއީ އާލިއާ ވެސް އޭނާގެ ބައްޕައާއެކު މަސައްކަތް ކުރާ ފުރަތަމަ މަސައްކަތެވެ.
ހިޔާލު