Shrenu ge instagram account hack vejje
image
ޝްރެނޫ--
0 ކޮމެންޓް
 

ޝްރެނޫގެ އިންސްޓަގުރާމު އެކައުންޓު ހެކްވެއްޖެ

ޓީވީ އެކްޓަރެސް ޝްރެނޫ ޕާރިކްގެ އިންސްޓަގުރާމު އެކައުންޓު ހެކްވެއްޖެ ކަމަށް އޭނާ ބުނެފި އެވެ.
ޓުވިޓާ މެދުވެރިކޮށް އޭނާގެ އެކައުންޓު ހެކްވި ކަން އަންގާފައި ވާއިރު އޭނާ ވަނީ އާންމުންގެ އެހީއަށް އެދިފަ އެވެ. ޝްރެނޫގެ ގިނަ ސަޕޯޓަރުން އޭނާ އަށް އެހީވެފައި ވާއިރު އެކައުންޓު ހެކްކުރީ ކާކު ކަން ވެސް ބައެއް ފަރާތްތަކުން ވަނީ ހޯދާފަ އެވެ.


ޝްރެނޫ މިހާރު އަންނަނީ ސްޓާ ޕުލަސް އިން އަންނަ ޝޯ "އެކް ބްރަމް ސަރްވަގުން ސަމްޕަންނަ" ގައި ލީޑު ކެރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ. އެ ޝޯގެ ފަހު އެޕިސޯޑު މިމަހު 13 ގައި ވަނީ ދެއްކުމަށް ނިންމާފަ އެވެ.

ޝްރެނޫ ވަނީ ގިނަ ޝޯތަކުގައި މަސައްކަތް ކޮށްފަ އެވެ. އޭގެ ތެރޭގައި "އިޝްގްބާޒް" އަދި "އިސްޕިޔާރް ކޯ ކިޔާ ނާމް ދޫން އޭކް ބާރް ޕިރް" ހިމެނެ އެވެ.
ސްޓާ ޕްލަސް
ހިޔާލު