MACL ge muvazzafaku bidheysee akah hamalaa dhin massala eh balanee
image
އާއްމުވި ވީޑިއޯގެ ސްކްރީންޝޮޓެއް--
0 ކޮމެންޓް
 

އެމްއޭސީއެލްގެ މުވައްޒަފަކު ބިދޭސީއަކަށް ހަމަލާދިން މައްސަލައެއް ބަލަނީ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފަކު ޑިއުޓީގައި ހުރެ ބިދޭސީއަކަށް ހަމަލާދިން ކަމަށް ބުނާ މައްސަލައެއް އެކުންފުނިން ބަލަން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއަކުން ފެންނަނީ އެ ކުންފުނީގެ ކާގޯ ސާވިސް އޭރިއާގައި ހުރި ބިދޭސީއަކަށް އެމްއޭސީއެލްގެ މުވައްޒަފަކު ހަމަލާދޭ މަންޒަރެވެ.

އެކަމާއި ގުޅިގެން އެ ކުންފުނީގެ ކޯޕަރޭޓް ކޮމިއުކޭޝަންގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު ސީއެންއެމްއަށް ވިދާޅުވީ މުވައްޒަފަކަށް ހަމަލާ ދިން މައްސަލަ ބަލަމުން އަންނަ ކަމަށާއި އެގޮތަށް މުވައްޒަފަކު އަމަލު ކުރުމަކީ ހިތާމަ ކުރާ ކަމެއް ކަމަށެވެ.

މިއަދު ޓްވިޓާގައި އާއްމުވި އެ ވީޑިއޯއަކީ ކޮން ދުވަހަކު ހިނގި ކަމެއްކަން ސާފެއް ނުވެއެވެ.
ހިޔާލު