Maru commission haaziru kuri 241 Committtee Sirru koffi
image
މަރު ކޮމިޝަންގެ ރައީސް ސުއޫދު-- ފޮޓޯ: މިހާރު
0 ކޮމެންޓް
 

މަރު ކޮމިޝަން ހާޒިރުކުރި 241 ކޮމެޓީ ސިއްރު ކޮށްފި

ނޫސްވެރިޔާ ރިލްވާން އަބްދުﷲ މައްސަލާގައި ރިޔާސީ ކޮމިޝަނުން ހެދި ތަހުގީގީ ރިޕޯޓާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކޮމިޝަނުގެ މެމްބަރުން މިއަދު ހާޒިރު ކުރި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީ (241) ކޮމެޓީ ސިއްރު ކޮށްފި އެވެ.
އެ ބައްދަލުވުން ފުރަތަމަ ތާވަލު ކޮށްފައި ވަނީ މިއަދު ހެނދުނު 10:00 އަށެވެ. ނަމަވެސް ފަހުން ބައްދަލުވުން ބޭއްވުމަށް ނިންމީ މެންދުރު 02:00 ގައެވެ. މިއަދުގެ ބައްދަލުވުން ފަށައިގެން ކުރިއަށް ދަނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގަ އެވެ.

ރިލްވާންގެ މައްސަލާގައި މަރުތައް ބަލާ ކޮމިޝަނާއި 241 ކޮމެޓީން ބައްދަލު ކުރާއިރު ހަމަ އެ މައްސަލައާ ގުޅޭ ގޮތުން ކޮމިޝަނުން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި ގުޅޭ ގޮތުން ފުލުހުންގެ އިސްވެރިންނާއި ވެސް 241 ކޮމެޓީން ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުން ވެސް ކުރިއަށް ދިޔައީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.

އެ ރިޕޯޓުގައި ރިލްވާން ސީރިޔާއަށް ދިޔަ ކަމަށް ދެއްކުމުގެ ގޮތުން ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތް ކުރި ދެ ފުލުހަކު ޕާސްޕޯޓެއް ހެއްދުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އެކަމުގެ ސަބަބުން އެ ދެ ފުލުހުން މިހާރު ވަނީ ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެރިކޮށް ގޭގައި މަޑު ކުރަން އަންގާފަ އެވެ. ނަމަވެސް އެ ދެ ފުލުހުން ހައްޔަރު ކުރުމަށް އެޓާނީ ޖެނެރަލް ވަނީ ފުލުހުންނަށް ލަފާ ދީފަ އެވެ. ފުލުހުން ބުނީ އެ ދެ ފުލުހުން ހައްޔަރު ކުރެވޭނެ ވަރަށް ހެކި ނެތް ކަމަށެވެ.
ހިޔާލު