MMA ge governor kamah Hashim ayyan kuravvaifi
image
އަލީ ހާޝިމަށް ގަވަރުނަރު ކަމުގެ މަގާމަށް އައްޔަނު ކުރި ކަމުގެ ލިޔުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރުވަނީ-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

އެމްއެމްއޭގެ ގަވަރުނަރު ކަމަށް ހާޝިމް އައްޔަނު ކުރައްވައިފި

މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުގެ މަގާމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމް މިއަދު އައްޔަނު ކުރައްވައިފި އެވެ.
ހާޝިމް އެ މަގާމަށް އައްޔަނު ކުރައްވާފައި ވަނީ ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި މިއަދު މެންދުރެވެ.

އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަގާމަށް އައްޔަނު ކުރެއްވި ކަމުގެ ލިޔުން ހާޝިމްއާ ހަވާލުކުރައްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުން ހާޝިމަށް ރުހުން ދީފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭނާއަށް ރުހުން ދީފައި ވަނީ 55 މެމްބަރުންގެ އިއްތިފާގުންނެވެ.

ހާޝިމް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2008 އިން 2010 އަށް ފިނޭންސް މިނިސްޓަރުކަން ކުރައްވާފަ އެވެ.
ހިޔާލު