BML islamic ge aa head office aai eku customer innaai gaathah!
image
ބީއެމްއެލް އިސްލާމިކްގެ އާ ހެޑް އޮފީސް ހުޅުއްވުމުގެ ތެރެއިން.
1 ކޮމެންޓް
 

ބީއެމްއެލް އިސްލާމިކްގެ އާ ހެޑް އޮފީހާއި އެކު ކަސްޓަމަރުންނާއި ގާތަށް!

ކަސްޓަމަރުންގެ ލުއިފަސޭހަޔަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިސްލާމިކް ބޭންކިން އަށް ހާއްސަ ކޮށް އާ ހެޑް އޮފީހެއް ބޮޑުތަކުރުފާނު މަގުގައި ހުންނަ ހ. ޒޮނޭރިއާ ގައި ހުޅުވައިފި އެވެ.
ބީއެމްއެލް އިސްލާމިކް އަށް އިތުރުވަމުންދާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމަށް ހުޅުވުނު، އެންމެ ފަހުގެ ޒަމާނީ ހެޑް އޮފީސް ހުޅުވާދެއްވީ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެެވެ.

އާ ހެޑް އޮފީހާއި އެކު، ކައުންޓަރު މެދުވެރިކޮށް ފައިސާ ގެ މުއާމަލާތު ކުރެވުމުގެ އިތުރުން އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ގިނަ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ބީއެމްއެލުން ބުނެ އެވެ. އަދި އެ އިމާރާތުގައި ގާއިމް ކޯށްފައިވާ ކަސްޓަމާ އެޑްވައިސް ސެންޓާ މެދުވެރިކޮށް ކަސްޓަމަރުންނަށް ޝަރީއާ އާއި އެއްގޮތްވާ ގޮތުގެ މަތިން މައޫލޫމާތު ފޯރުކޮށްދޭނެ ކަމަށް ބޭންކުން ބުނެ އެވެ. އެއާއި އެކު، 24 ގަޑިއިރު އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމުގެ ހިދުމަތް ވެސް ލިބިގެން ދާނެ އެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ ޓިމް ސޯޔާ ވިދާޅުވީ، ރާއްޖޭގައި އެންމެ ފުޅާދާއިރާ އަކަށް އިސްލާމިކް ބޭންކިންގެ ހިދުމަތް ފޯރުކޮށްދޭ ބޭންކުގެ ހައިސިއްޔަތުން، ކަސްޓަމަރުންގެ ބޭންކިން ބޭނުންތަށް ދެނެގަނެ، ކަސްޓަމަރުންނާ ވީހާވެސް ގާތުން ހިދުމަތް ފޯރުކޮށްދެވޭކަމީ ލިބިގެންދާ ބޮޑު ކުރިއެރުމެއް ކަމަށެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުގެ ކޮންވެންޝަނަލް އިން ދޭ ކޮންމެ ހިދުމަތެއް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ލިބިގެންދާނެ ކަމަށެވެ.

ބީއެމްއެލް އިސްލާމިކް ގެ ހިދުމަތް ފަރުމާކުރެވިފައިވަނީ އިސްލާމިކް ބޭންކިން އާ ގުޅޭ ބައިނަލްއަގްވާމީ މިންގަނޑުތަކުގެ މައްޗަށް ބިނާކުރެވިގެން ކަމަށް އެ ބޭންކުން ބުނެ އެވެ. އަދި ކަސްޓަމަރުން ބޭންކަށް ޖަމާކުރާ ފައިސާ ބެލެހެއްޓެނީ މުޅިން ވަކީންނެވެ. އެ ފައިސާ ބޭނުންކުރެވޭނީ ޝަރީއާ ހުއްދަ ބޭނުންތަށް ކަމަށް ވާއިރު، އެ ހުރިހާ ކަންތައް ބަލަމުންދަނީ ބައިނަލް އަގްވާމީ މާހިރުން ހިމެނޭ ބޭންކުގެ ޝަރީއާ އެޑްވައިޒަރީ ކޮމިޓީންނެވެ.
ހިޔާލު

ހުދުހުދު

ރިބާ ނުލާ ލޯން ލިބޭގޮތް ހަދާދީބަލަ ނިކަން