Islamic Finance Kuri eruvihje nama varah bodu faidhaa eh kuraane: Ameeru
image
އާ އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--
0 ކޮމެންޓް
 

އިސްލާމިކް ފައިނޭންސް ކުރިއެރުވިއްޖެނަމަ ވަރަށް ބޮޑު ފައިދާއެއް ކުރާނެ: އަމީރު

އިސްލާމިކް ފައިނޭންސް ރާއްޖޭގައި ކުރިއެރުވިއްޖެނަމަ އެކަމުގެ ސަބަބުން ރަނގަޅު އަސަރެއް ރާއްޖެއަށް ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިރޭ ވިދާޅުވެއްޖެ އެވެ.
ބޭންކް އޮފް މޯލްޑިވްސް އިސްލާމިކްގެ ހެޑް އޮފީސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ އަމީރު ވިދާޅުވީ، ދުނިޔޭގެ ކުރިއަރަމުން އަންނަ ގައުމުތަކުގައި ވެސް އިސްލާމިކް ފައިނޭންސިން ގަބޫލުކުރަމުން އަންނަ ކަމަށާއި އެ ސިސްޓަމް ރާއްޖޭގައި ވެސް ގާއިމުކުރެއްވިޖެނަމަ އެކަމަކީ ކުރިއެރުން ލިބޭނެ ކަމެއް ކަމަށެވެ.

އަމީރު ވިދާޅުވީ، އެ ސިސްޓަމްތައް ކުރިއެރުވުމަށް އިންވެސްޓް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އެގޮތުން އިންވެސްޓް ކުރަންޖެހެނީ ހަމައެކަނި ފައިނޭންސްގެ ގޮތުން ނޫން ކަމަށާއި އެކަމަށް މީހުން ތަމްރީނުކޮށް ބޭނުންވާ މެޝިނަރީޒްތައް ހޯދުމަކީ ވެސް މުހިއްމު ކަމެއް ކަމަށެވެ.

އޭގެ އިތުރުން އަމީރު ވަނީ ބީއެމްއެލުން މިހާރު ދެމުން އަންނަ ހިދުމަތްތައް ކުރިއަށް އޮތްތަނުގައި އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިސްލާމިކް ބޭންކިން އަށް ހާއްސަ ކޮށް ހެޑް އޮފީހެއް ހުޅުވިއިރު އެތަނުން 24 ގަޑިއިރު އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމުގެ ހިދުމަތް ވެސް ލިބިގެން ދާނެ އެވެ.

ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ ޓިމް ސޯޔާ ވިދާޅުވީ، ރާއްޖޭގައި އެންމެ ފުޅާދާއިރާ އަކަށް އިސްލާމިކް ބޭންކިންގެ ހިދުމަތް ފޯރުކޮށްދޭ ބޭންކުގެ ހައިސިއްޔަތުން، ކަސްޓަމަރުންގެ ބޭންކިން ބޭނުންތަށް ދެނެގަނެ، ކަސްޓަމަރުންނާ ވީހާވެސް ގާތުން ހިދުމަތް ފޯރުކޮށްދެވޭކަމީ ލިބިގެންދާ ބޮޑު ކުރިއެރުމެއް ކަމަށެވެ.
ހިޔާލު