Dhanvaru magu matheega roan huri kujjaku aailaa aa havaalu koffi
image
މަގުމަތީގައި އެކަނި ރޯން ހުއްޓާ ފެނުނު ކުއްޖާ ފުލުހުންގެ ހިމާޔަތުގެ ދަށަށް ގެންނަނީ--
0 ކޮމެންޓް
 

ދަންވަރު މަގުމަތީގައި ރޯން ހުރި ކުއްޖަކު އާއިލާއާ ހަވާލުކޮށްފި

ރޭ ދަންވަރު ބުރުޒުމަގައި ރޯން ހުއްޓާ ފެނުނު ކުޑަ ކުއްޖަކު، އެ ކުއްޖާގެ އާއިލާއާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ރޭ 12:43 ހާއިރު އެ ކުއްޖާ ފެނުނީ މަގުމަތި ޕެޓްރޯލު ކުރަން ނިކުމެ އުޅުނު ފުލުހުންނަށެވެ. އެހެންކަމުން ފުލުހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ކުއްޖާ ގެންގޮސްފަ އެވެ.

އުމުރުން އެއް އަހަރުގެ އެ ފިރިހެން ކުއްޖާ އާއިލާއާ ހަވާލުކުރީ ރޭ ދަންވަރު 01:00 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

އެހާ ދަން ވަގުތެއްގައި ތުއްތު ކުއްޖަކު މަގުމަތީގައި އެކަނި ހުރި ސަބަބެއް ފުލުހުން ހާމައެއް ނުކުރެ އެވެ. މީގެ ކުރިން ވެސް އެފަދަ ހާދިސާތައް ހިނގާފައި ވެއެވެ.

ޖެންޑާ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އިބްރާހީމް މުހައްމަދު މިއަދު ވިދާޅުވީ، އެފަދަ މައްސަލައެއް ހުށަހެޅިފައި ނުވި ނަމަވެސް އެކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް (އެފްސީޕީޑީ) އާ ގުޅިގެން ހޯމް ވިޒިޓެއް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިބްރާހިމް ވިދާޅުވި އެވެ.
ހިޔާލު