MDP ge Primary thakugai vaadha kurevey goi harudhanee kuran hushahalhaifi
image
އެމްޑީޕީ ޖަލްސާއެއްގެ ތެރެއިން--
1 ކޮމެންޓް
 

އެމްޑީޕީގެ ޕްރައިމަރީތަކުގައި ވާދަ ކުރެވޭނީ މެންބަރެއްގެ ގޮތުގައި އެއް އަހަރުވުމުން ކަމަށް ކަނޑައަޅަނީ

ވެރިކަން ކުރާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މަގާމުތަކަށް ކުރިމަތިލެވޭނީ އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި މަދުވެގެން އެއް އަހަރު ދުވަހު ތިބޭ ފަރާތްތައް ކަމަށް ކަނޑައެޅުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގެންފި އެވެ.
އައްޑޫ ސިޓީގެ އެމްޑީޕީގެ ރައީސް އަހުމަދު އަދުހަމް ގައުމީ މަޖިލީހަށް ހުށަހެޅި އިސްލާހު ބަލައިގެންފައި ވަނީ އިސްލާހުތަކަކާއި އެކުގަ އެވެ.

ގައުމީ މަޖިލީހަށް އެ ގަރާރު ހުށަހަޅުއްވަމުން އަދުހަމް ވިދާޅުވީ އެތެރޭގެ އިންތިހާބުތަކުގައި ވާދަ ކުރެވޭނެ ހަރުދަނާ އުސޫލުތަކެއް ގާއިމް ކުރަން ޖެހޭ ކަމަށެވެ. އިންތިހާބުތަކާއި ދިމާވާ ކޮންމެ ފަހަރަކު ވެސް ޕާޓީގެ ކުރިމަގަށް ގެއްލުންވާ އެތައް ކަންތައްތަކެއް ކުރިމަތިވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދުހަމް ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަ ކުރެވޭނީ އެ ޕާޓީގެ މެމްބަޝިޕް ލިބިފައި ވާތާ އެއް އަހަރުވެފައިވާ މީހުންނަށް ކަމަށެވެ. އަދުހަމް ހުށަހެޅި އެ ގަރާރަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނާއި ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ ރައީސް އަހުމަދު ހަމްޒާ ދެ އިސްލާހެއް ހުށަހެޅުއްވި އެވެ. އެ ދެ އިސްލާހު ވެސް ފާސްވި އެވެ.

އެ ގަރާރު ގައުމީ މަޖިލީހަށް ބަލައިގަތުމުން ގަރާރު ދިރާސާ ކުރުމަށް ފަސް މެންބަރުންގެ ކޮމިޓީއަކަށް ވަނީ ފޮނުވާފަ އެވެ.
ހިޔާލު

Shiub

ތޔައެއް ނޫނޭ ބޮޑު މައްސަލައަކީ
ވޯޓްދޭންވީމާ ވަގުތުން ރަޖިސްޓްރީ ކުރެވޭތީ އަދި ވަގުތުން ވޯޓްލެވޭތީ