70 aharuge meehaku gondudhoh thah saafukurumugai!
image
ޕެޓް ސްމިތް--
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

70 އަހަރުގެ މީހަކު ގޮނޑުދޮށްތައް ސާފުކުރުމުގައި!

ދުނިޔެއަކީ އަހަރުމެން އެންމެންގެ ގެއެވެ. ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމަކީ ކޮންމެ ފަރުދެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ. ނަމަވެސް ދުނިޔެއަށް އަންނަ ބަދަލުތަކާއި ތިމާވެއްޓަށް ކުރާ އަސަރުތަކާއި މިފަދަ ކަންތައްތަކާ މެދު ވިސްނަނީ އަހަރުމެންގެ ތެރެއިން މަދު ބައެކެވެ.
ޔޫކޭގެ ކޯންވޯލް އަށް އުފަން 70 އަހަރުގެ ޕެޓް ސްމިތަކީ އެންމެން ބަލައިގަންނަން ޖެހޭ ފަދަ ނަމޫނާ އެކެވެ. ޕްލާސްޓިކް ޕޮލިއުޝަން އާއި ބެހޭ ގޮތުން ފެނުނު ޑޮކިއުމެންޓްރީ އަކުން އުފެދުނު ކަންބޮޑުވުމާއެކު އޭނާ އަޒުމް ކަނޑައެޅީ ކޮންމެ ހަފްތާއެކު ގޮނޑުދޮށެއް ސާފު ކުރާށެވެ.

އަވަށްޓެރިންނާއި މާމަ ދަރިންގެ ހިތްވަރާއި އެހީތެރިކަމާއެކު ޕެޓް ވަނީ މިދިޔަ އަހަރު 52 ގޮނޑުދޮށް ސާފުކޮށްފަ އެވެ. މި ހިސާބުން އޭނާގެ މަސައްކަތް ނިމުނީކީ އެއް ނޫނެވެ.

ޕެޓް ވަނީ "ދަ ފައިނަލް ސްޓްރޯ" ގެ ނަމުގައި ކެމްޕޭނެއް ލޯންޗްކޮށް ޕްލާސްޓިކް ހޮޅި ފަދަ އެއްޗެހިތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާއި ބެހޭ ގޮތުން ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ބާއްވާފަ އެވެ.

"ގޮނޑުދޮށްތަކުން ނަގައި ކުނިބުނީގައި އާއްމު ދިރިއުޅުމުގައި ބޭނުން ކުރާ ވަރަށް ގިނަ ސާމާނުތައް ހުރޭ. އެ ސާމާނުތަކުން އެފަދަ ރީތި ގޮނޑުދޮށްތަށް ހަޑި ކުރާތީ ވަރަށް ކަންބޮޑުވޭ. އަހަރެން ބޭނުން އަހަރެންގެ ދަރިންނާއި މާމަ ދަރިންނަށްޓަކައި ވެސް އެ ގޮނޑުދޮށްތައް ސާފުކުރަން. އަހަރެންގެ ހުރި ހިތްވަރުން މަސައްކަތް ކުރާނަން،" ބޭރުގެ މީޑިއާތަކާއި ވާހަކަދަކައްކަމުން ޕެޓް ބުންޏެވެ.
ތިމާވެށި
ހިޔާލު