Magumatheege salaamathaa gulheygothun Addu city ge WAMCO driverunah mauloomathu dheefi
image
މައުލޫމަތު ދިނުމުގެ ޕްރޮގުރާމުގެ ތެރެއިން-- ފޮޓޯ: ފުލުހުން
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

މަގުމަތީގެ ސަލާމަތާއި ގުޅޭ ގޮތުން އައްޑޫ ސިޓީގެ ވެމްކޯ ޑްރައިވަރުންނަށް މައުލޫމާތު ދީފި

އައްޑޫ ސިޓީގެ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ޑްރައިވަރުން އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކޮށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.
މިމަހުގެ ފަސްވަނަ ދުވަހު ކުރިއަށް ގެންދިއަ އެ ޕްރޮގްރާމުގައި، އެއްގަމު ދަތުރުފަތުރު ގާނޫނާއި ގަވާއިދުތަކާއި މަގުމަތީގެ އަދަބުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައި ވެއެވެ.

އޭގެ އިތުރުން އެކްސިޑެންޓްތައް ކުރިމަތިވާ ސަބަބުތަކާއި އެކްސިޑެންޓްތައް މަދު ކުރުމަށް ކުރެވިދާނެ ކަންކަަމާއި ޑްރައިވަރުން ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ދީފައި ވެއެވެ. އަދި އެކްސިޑެންޓެއް ހިނގުމުން އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ދީފައި ވެއެވެ.

އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި 25 ޑްރައިވަރުން ބައިވެރިވެފައި ވެއެވެ. އެ ޕްރޮގްރާމުގައި މައުލޫމާތު ދީފައި ވަނީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ރޯޑް ސޭފްޓީ ޔުނިޓްގައި މަސައްކަތް ކުރާ ފުލުހުންނެވެ.
ހިޔާލު