Raees Nasheedh ah faaralaan jehey varuge kameh faahaga kurevifa eh nuvey: Fuluhun
image
ރައީސް މުހައްމަދު ނަޝީދު--
0 ކޮމެންޓް
 

ރައީސް ނަޝީދަށް ފާރަލާން ޖެހޭ ވަރުގެ ކަމެއް ފާހަގަކުރެވިފައެއް ނުވޭ: ފުލުހުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފުލުހުން ފާރަލާ ކަމަށް ބުނެ އެމަނިކުފާނު ދެއްކެވި ވާހަކަ ފުލުހުން ދޮގުކޮށްފި އެވެ.
ރައީސް ނަޝީދު ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަދައްކަވަމުން ވިދާޅުވީ އެމަނިކުފާނަށް ފުލުހުން ފާރަަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސެކިއުރިޓީ ބެލެހެއްޓުން ގާނޫނީ ގޮތުން ލާޒިމްކޮށްފައިވާ ފަރާތްތަކުގެ ސެކިއުރިޓީއާ ގުޅޭ ގޮތުން އެމްއެންޑީއެފްއާ ގުޅިގެން ކުރަން ޖެހޭ ކަންކަން އެ މުއައްސަސާއިން ކުރަމުން ގެންދާ ކަމަށެވެ.

އެގޮތަށް މަސައްކަތް ކުރާއިރު މަސައްކަތް ކުރަނީ އެ އިރެއްގައި އެބޭފުޅަކަށް އޮތް ނުރައްކަލެއް ވަޒަން ކުރުމަށް ފަހު އޭގެ މައްޗަށް ބެލުމަށް ފަހުގައި ކަމަށާއި ނަމަވެސް މިވަގުތު ރައީސް ނަޝީދަށް އެއްވެސް ނުރައްކަލެއް އޮތް ކަަމަށް ފުލުހުންނަށް ފާހަގަކުރެވިފައި ނުވާ ކަމަށް ބަޔާނުގައި ވެއެވެ.

"އެހެން ނަމަވެސް، އާއިލާގެ ފަރާތުން ނުވަތަ އެހެން ފަރާތަކުން ވިޔަސް ސޯޝަލް މީޑިއާ ނުވަތަ އެހެންވެސް ގޮތަކުން ނުރައްކަލެއް އޮތް ކަމަށް ފާހަގަކުރާނަމަ އެ މައުލޫމާތު ވަޒަންކުރުމަށްފަހު އަޅަންޖެހޭ އެންމެހައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުން ދާނެ ކަމުގެ ޔަގީންކަން އެންމެހައި ރައްޔިތުންނަށް ދެމެވެ." ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.

ފުލުހުން އެހެން ބުނެފައި ވާއިރު ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ވަނީ މާފުށީ ޖަލުން ފޯނު ކޯލެއް އައި ކަމަށާއި އެ ފޯނު ކޯލުގައި ދެން ޓާގެޓަކީ ރައީސް ނަޝީދު ކަމަށް ބުނެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ނާޒިމް ސައްތާރު ވިދާޅުވި އެވެ.
ހިޔާލު