Nasheedh ge vaahaka thah MNDF in ves dhogu kohffi
image
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ރައީސް ނަޝީދު ސަލާމް ކުރައްވަނީ-- ފޮޓޯ: ވަން އޮންލައިން
1 ކޮމެންޓް
 

ރައީސް ނަޝީދަށް ފުލުހުން ފާރަލާ ވާހަކަ އެމްއެންޑީއެފްއިން ވެސް ދޮގުކޮށްފި

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފުލުހުން ފާރަލަމުންދާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެމަނިކުފާނަށް މައުލޫމާތު ދީފައިވާ ކަމަށް ވިދާޅުވެ ނަޝީދު ދެއްކެވި ވާހަކަ އެމްއެންޑީއެފުން ދޮގުކޮށްފި އެވެ.
ރައީސް ނަޝީދު ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ އެމަނިކުފާނަށް ފުލުހުން ފާރަލަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވާ ކަމަށެވެ. އަދި ފުލުހުން ފާރަލި ނަމަވެސް، ދައްކަން ޖެހޭ ވާހަކަތައް ހުއްޓާ ނުލާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެކަމާއި ގުޅިގެން ފުލުހުން ވެސް ބުނީ އެފަދަ ކަމެއް ފުލުހުން ނުކުރާ ކަމަށެވެ. އެމްއެންޑީއެފްއިން ނެރުނު ބަޔާނެއްގައި ބުނީ އެބޭފުޅެއްގެ ސެކިއުރިޓީ ބެލެހެއްޓުން ގާނޫނީ ގޮތުން ލާޒިމްކޮށްފައިވާ ފަރާތްތަކުގެ ސެކިއުރިޓީއާ ގުޅޭ ގޮތުން ބައެއް ހާލަތްތަކުގައި މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާ ގުޅިގެން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އެގޮތުން މަސައްކަތް ކުރަނީ އެއިރެއްގައި އެބޭފުޅަކަށް އޮތް ނުރައްކާ ވަޒަން ކުރުމަށް ފަހު އޭގެ މައްޗަށް ބަލައިގެން ކަމަށާއި މިވަގުތު ރައްޔިތުންގެ މަޖިލީހުން ވިޔަސް އަދި އެނޫން ފަރާތަކުން ވިޔަސް އަދި އެމްއެންޑީއެފްގެ އެސެސްމެންޓުން ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އިތުރު ނުރައްކަލެއް އޮތް ކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.

އެމްއެންޑީއެފްއިން ބުނީ އޯޕަން ސޯސްތަކުން ވިޔަސް މިފަދަ ބޭފުޅެއްގެ ހަށިކޮޅަށް ނުރައްކަލެއް އޮތް ކަމަށް ވާހަކަ ދެކެވޭ ނަމަ، ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ އިތުރު ފިޔަވަޅު އަޅަމުންދާނެ ކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަރުވާ ކަމަށެވެ.
ހިޔާލު

ދޮގުމުޅިނަޝީދު

މިހުރަ ތިއްތި ދައްކާ ވަރެއް އަދިވެސް ތުއިވޭ އެންމެން ދަންނަ ކަމެއްތީ މިހާރު