Rilwan massalaiga Majileehun kuraa masakkathaa nubeheynan: Raees Solih
image
ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު (ވ) އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު--
1 ކޮމެންޓް
 

ރިލްވާން މައްސަލާގައި މަޖިލީހުން ކުރާ މަސައްކަތާ ނުބެހޭނަން: ރައީސް

މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުން ކުރަމުންދާ އެއްވެސް މަސައްކަތަކާ ނުބެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ރައީސް، ހުސްނުއް ސުއޫދު ވަނީ ރިލްވާންގެ މައްސަލާގެ ތަހުގީގުގެ ޑްރާފްޓެއް އަރުވާފަ އެވެ.

އަދި ނަޝީދު ވަނީ އެ ޑްރާފްޓް މަޖިލީހުގައި ތިއްބަވާ ހުރިހާ ސިޔާސީ ޕާޓީއެއްގެ ލީޑަރުންނާ ހިއްސާ ކުރައްވާފަ އެވެ. މަޖިލީހުގެ ފުރަތަމަ ދައުރުގެ މަސައްކަތް ނިމިގެން ދިޔައިރު އެކަމަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ވެސް ކޮށްފައި ވެއެވެ. އަދި މިހާރު ވެސް ގުޅުން ހުރި ބައެއް ކޮމެޓީތަކުން ކަމާ ގުޅުން ހުރި ބައެއް މުއައްސަސާތައް ވެސް އަންނަނީ ހާޒިރު ކުރަމުންނެވެ.

ރިލްވާންގެ މައްސަލާގައި ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ކަމަށެވެ. އެހެން ކަމުން އެއްބާރުން ކުރާ މަސައްކަތާއި ބެހުމަކީ މިފަދަ ނިޒާމެއްގައި ރަނގަޅު ގޮތެއް ނޫންކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މަޖިލީހުން ރިލްވާންގެ މައްސަލާގައި ކުރާ އެއްވެސް މަސައްކަތަކާއި އެމަނިކުފާނު ނުބެހޭނެ ކަމަށެވެ.

"މި ރިޕޯޓާއި ގުޅިގެން މަޖިލީހުގައި ކުރާ މަސައްކަތަށް އަޅުގަނޑު ނެތިން އެއްޗެކޭ ދަންނަވާކަށް. މި ދެންނެވީ މަޖިލީހުން ކުރަންޖެހޭ މަސައްކަތް ކުރުމުގެ ގާނޫނީ ބާރު މަޖިލީހަށް ލިބެންވާނެ. ތިން ބާރު ވަކިވެފައިވާ ނިޒާމެއްގެ ތެރެއިން އަޅުގަނޑުމެން މަސައްކަތް މި ކުރަނީ އެހެންވީމަ މަޖިލީހުން ކުރާ މަސައްކަތަކަށް އަޅުގަނޑު ނެތިން އެއްޗެއް ދަންނަވާކަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިހާތަނަށް ވެސް އެ ރިޕޯޓުގައި ހުރި ބައެއް މައުލޫމާތުތައް އާއްމުންނާއި ހަމައަށް ގޮސްފައިވާ ކަމަށެވެ. ނަމަވެސް އެކަމަކީ ނުވާ ކަމަކަށް އިތުރަށް ނުހެދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދެން ވެސް އެ ރިޕޯޓުގައި ހުރި މައުލޫމާތުތައް ސިއްރު ކޮށްގެން މަސައްކަތްތައް ކުރުމަކީ ރިލްވާނަށް އިންސާފު ހޯދުމަށް ކުރާ މަސައްކަތަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށެވެ. އެހެން ނޫން ނަމަ ތަހުގީގަށް ވަރަށް ބޮޑެތި ހުރަސްތަކެއް އެޅިގެން ދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
ހިޔާލު

ހުސެން

މިއޮއްހާ ދުވަހުވެސް ތިބީ ސިއްރުކޮއްގެން. މިވަރު މިވީވެސް އެ މައުލޫމާތު ރައްޔިތުންނަށް އެނގުމުން.