Hithadhoo geyakun banguralaa eku 2 meehaku hayyaru koffi
image
ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން-- ފޮޓޯ: ފޮލިހުން
ފައުޒާ މުޙައްމަދު
0 ކޮމެންޓް
 

ހިތަދޫ ގެއަކުން ބަނގުރަލާއެކު ދެމީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ ހިތަދޫގެ ގެއެއް ބަލައިފާސްކޮށް ބަނގުރަލާއެކު ދެމީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 35 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ ހިތަދޫ ގެއެއްގައި ބަނގުރާ ކައްކައި، އެ ބޭނުން ކުރަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ ފަސްވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކުށުގެ ވެށިންނެވެ.

ފުލުހުން ހިންގި އެ އޮޕަރޭޝަންގައި ބަލައިފާސްކުރި ގޭގެ ކޮޓަރިއެއްގެ ތެރެއިން ބަނގުރާ ކަމަަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 500 އެމްއެލްގެ ފުޅިއަކާއި ފަސް ލީޓަރުގެ ފުޅިއެއް ފެނިފައި ވެއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތު ދީފައި ވެއެވެ.

އެ މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ހިޔާލު