Career ge furathama dhuvasvaru Directorun varaj Halhey levi: Priyanka
image
ޕްރިޔަންކާ ޗޯޕްރާ--
0 ކޮމެންޓް
 

ކެރިއަރުގެ ފުރަތަމަ ދުވަސްވަރު ޑައިރެކްޓަރުން ވަރަށް ހަޅޭއްލެވި: ޕްރިޔަންކާ

ޕްރިޔަންކާ ޗޯޕްރާއޭ ބުނުމުން މިއަދު ނޭނގޭނެ މީހަކު ނުހުންނާނެ އެވެ. އޭނާގެ ކުޅަދާނަ އެކްޓޜު ކުރުމުގެ ހުނަރުން މިވަނީ ބޮލީވުޑުގައި ހަމަަ ރަނގަޅަށް ފައި ހަމަކޮށްފަ އެވެ. ހޮލީވުޑުގައި ވެސް ކުޅަދާނަ އެކްޓިން ދައްކަމުން އަންނަ ޕްރިޔަންކާ ވަނީ ކާމިޔާބަށް ވާސިލުވުމަށް އެތައް ހަރުފަތެއް ހުރަސް ކުރި ކަމަށް ބުނެފަ އެވެ.
ވޮގްގެ ސެޕްޓެމްބަރު އިޝޫއިން މިފަހަރު ފެނުނީ ޕްރިޔަންކާ އެވެ. އެގޮތުން ވޮގަށް ދިން އިންޓަވިއުގައި އޭނާ ވަނީ އޭނާގެ ފިލްމީ ހަޔާތް ފެށިއިރު ޑައިރެކްޓަރުންގެ ފަރާތުން ގަބޫލުކުރަން ދަތި އެތައް ކަމެއް ފެނުނު ކަމަށް ބުނެފަ އެވެ.

"އަހަންނަކަށް އެއްވެސް ކަމެއް، މީހެއް ވެސް ނޭނގޭ. ޑައިރެކްޓަރުން ހަޅޭއްލަވާ. ބައެއް ފަހަރު ފިލްމުތަކުން ބޭރު ވެސް ކޮށްލާ،" އެކަންކަމާ ކުރިމަތިލީ ބައްޕަ، އަޝޯކް ޗޯޕްރާގެ ފަރާތުން ލިބުނު ހިތްވަރާއެކުކަން ފާހަގަކޮށް ޕްރިޔަންކާ ބުންޏެވެ.

ކޮންމެ ކަމަކާ ވެސް އިތުބާރާއެކު ކުރިމަތިލާން ދަސްކުރިކަން ފާހަގަކޮށް ޕްރިޔަންކާ ބުނީ ކާމިޔާބާ ހިސާބަށް ވާސިލުވެވޭނީ ނާކާމިޔާބީއާ ވެސް ކުރިމަތިލައިގެން ކަމަށެވެ.

ދެހާސް ވަނަ އަހަރު މިސް ވޯލްޑްގު ތާޖު އުފުލާލުމަށް ފަހު ޕްރިޔަންކާ ބޮލީވުޑަށް މިސްރާބު ޖެހިއިރު އޭނާ އެންމެ ފުރަތަމަ ފެނިގެން ދިޔައީ އަކްޝޭ ކުމާރާއެކު "އަންދާޒް" އިންނެވެ. ޕްރިޔަންކާ ވަނީ "ޑޮން" އާއި "ރާވަން" އަދި "ކްރިޝް" އާއި "ބަޖިރާއޯ މަސްތާނީ" އިން ވެސް ފެނިގެންގޮސްފަ އެވެ.
ހިޔާލު