Komolika ge role in Hina ge badhalugai fenigendhaane Jasmin tha?
image
ހީނާ އާއި ޖޭސްމިން--
0 ކޮމެންޓް
 

ކޮމޮލިކާގެ ރޯލުން ހީނާގެ ބަދަލުގައި ފެނިގެންދާނީ ޖޭސްމިން ތަ؟

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޝޯ "ކަސޯޓީ ޒިންދަގީ ކޭ" ގައި ކޯމޮލިކާގެ ރޯލުން ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ހީނާ ހާންގެ ބަދަލުގައި ފެނިގެން ދާނީ މަޝްހޫރު ޓީވީ އެކްޓަރެސް ޖޭސްމީން ބަސިން ކަމަށް އިންޑީއާގެ ނޫސްތަކުން ބުނެފި އެވެ.
ކަސޯޓީ އިން ހީނާ މިހާރު ނުފެންނާތީ ގިނަ ބައެއްގެ ޝަކުވާތައް އަންނަމުން ދާއިރު އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އެ ރޯލަށް އެހެން ފަންނާނެއް ހޯދުމަށް ޝޯގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ރޯލަށް ނެގުމަށް ނިންމާފައި ވަނީ ޖޭސްމިން ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ޖޭސްމިން ބުނީ އޭނާ އަށް އަދި އެ ރޯލަށް ހުށަހެޅުމެއް ނާންނަ ކަމަށެވެ.

މީގެ ކުރިން ބައެއް ނޫސްތަކުން އަޑު ފެތުރި ގޮތުގައި ކޯމޮލިކާގެ ރޯލަށް، ޔޭ ހޭ މޮހައްބަތޭއިން ގައި ޝަގުންގެ ރޯލުން ފެނިގެންދާ އަނީތާ ހަސަންއާންދާނީ ނުވަތަ އިޝްގް މެއިން މަރްޖާވާންގެ ތަރި އާލިޝާ ޕަންވަރު، އަދި އޭކް ހަޒާރޯން މޭ މޭރީ ބެހެނާ ހޭގައި ޖިވީކާގެ ރޯލުން ފެނިގެން ދިޔަ ކްރިސްޓަލް ޑި ސޫޒާ ގެ ތެރެއިން ކޮންމެވެސް އެއް ތަރިއެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.

ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބައިން ކޮމޮލިކާގެ ރޯލުން ހީނާ ފެނިގެން ދިޔައިރު އެ ޑްރާމާގައި އޭނާ ފެނިގެން ދިޔައީ ނެގަޓިވް ރޯލަކުންނެވެ. ހީނާ މިހާރު އެ ޝޯއިން ވަކިވެފައި ވާއިރު ރިޕޯޓުތައް ބުނާ ގޮތުގައި ހީނާ ހުރީ އެ ޝޯއަށް އަލުން ނިކުންނަށް ތައްޔާރު ވެގެންނެވެ. ނަމަވެސް އެ ހަބަރު ހީނާ ވަނީ ދޮގުކޮށްފަ އެވެ.

ދެހާސް އެއްވަނަ އަހަރު އެންމެ ފުރަތަމަ ކަސޯޓީ ދައްކަން ފެށިއިރު އެޝޯގައި ކޯމޮލިކާގެ ރޯލުން ފެނުނީ، އުރްވަޝީ ދޮލާކިއާއެވެ. ކަސޯޓީގެ ދެވަނަ ބައިގައި ކޯމޮލިކާގެ ރޯލަށް ހީނާ ނެގުމާއެކު ވެސް އުރްވަޝީ ފަދައިން ކޯމޮލިކާގެ ރޯލު ކުޅެލެވޭނެތޯ ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. އެކަމަކު ޝޯ ފެށުނުތާ މިހާރު ދުވަސްތަކެއް ވެފައި ވާއިރު ހީނާގެ އެކްޓިން ގިނަ ބަޔަކަށް ވަނީ ކަމުގޮސްފަ އެވެ.

ޖޭސްމިން އެންމެ ފަހުން ފެނިގެން ދިޔައީ "ދިލް ތޮ ހެޕީ ހޭ ޖީ" އިންނެވެ. ޖޭސްމިން ފެނިގެން ދިޔަ ބައެއް ޝޯތަކުގެ ތެރޭގައި "ދިލް ސޭ ދިލް ތަކް" އާއި "ތަޝަން އީ އިޝްގް" ހިމެނެ އެވެ.
ހިޔާލު