Maldives Business Award ah kurimathilumuge furusathu hulhuvaalaifi
image
މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ބިޒިނަސް އެވޯޑްސްގެ ތެރެއިން-- ފޮޓޯ: މޯލްޑިވްސް ޓައިމްސް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

މޯލްޑިވްސް ބިޒްނަސް އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ބްލޭޒަން ކޮމްޕެނީ އިން އިންތިޒާމް ކޮށްގެން ބާއްވާ "މޯލްޑިވްސް ބިޒިނަސް އެވޯޑްސް 2019" ރަސްމީކޮށް އިފްތިތާހުކޮށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
ބިޒިނަސް އެވޯޑްސް އިފްތިތާހުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބޮޑު އެއްބާރުލުމަކާއެކު މޯލްޑިވްސް ބިޒިނަސް އެވޯޑް ބޭއްވިގެން ދާއިރު މިއީ އެ އެވޯޑް ބޭއްވިގެންދާ ދެވަނަ އަހަރެވެ.

އިކޮނޮމިކް މިނިސްޓްރީގައި އެ އެވޯޑް އިފްތިތާހު ކުރުމަށް ބޭއްވި ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ ރާއްޖޭގެ ވިޔަފާރީގެ މާހައުލަށް ބަދަލުތަކެއް ސަރުކާރުން ގެންނަމުން ދާއިރު ވިޔަފާރިތައް އިވެލުއޭޓް ކުރާނެ ފަރާތެއް ހުރުމަކީ މުހިންމު ކަމެއް ކަމުގައެވެ. އަދި މިފަދަ ހަރަކާތްތަކަށް މިނިސްޓްރީން ހިތްވަރު ދޭން ބޭނުންވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިފަދަ ކަންކަމަށް އެންކަރޭޖް ކުރަން ބޭނުންވަނީ. ރާއްޖޭގެ ވިޔަފާރީގެ މާހައުލަށް ބޮޑެތި ބަދަލުތަކެއް ސަރުކާރުން ގެންނަމުން ދާއިރު ވިޔަފާރި ހިންގާ ފަރާތްތަކުގެ އިވެލުއޭޝަން އެއް މި ހެދެނީ. އެ ކަންތައް ކުރާނެ ފަރާތްތައް ހުރުމަކީ މުހިންމު ކަމެއް ކަމަށް ދެކެން،" ފައްޔާޒް ވިދާޅުވި އެވެ.

މިފަދަ އެވޯޑެއް ރާއްޖޭގައި ބޭއްވުމަކީ ވިޔަފާރިވެރިންގެ މެދުގައި ވާދަވެރި މާހައުލެއް ބިނާކޮށް، ވިޔަފާރިވެރިންގެ މަސައްކަތްތަކުގެ އަގު ވަޒަން ކުރުން ކަމަށް ބްލޭޒަން ކޮމްޕެނީ އިން ބުނެ އެވެ.

މޯލްޑިވްސް ބިޒިނަސް އެވޯޑަށް ކުރިމަތިލާ ވިޔަފާރިތަކަކީ ރާއްޖޭގައި ހިންގާ ވިޔަފާރިތަކަށް ވާން ޖެހޭނެ އެވެ. އަދި އަހަރެއްގެ މައްޗަށް އާމްދަނީއެއްގެ ގޮތުގައި މަދުވެގެން 50،000 ރުފިޔާ ލިބުމާއި، ވިޔަފާރި ހިންގާތާ ދެ އަހަރުވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

މިދިޔަ އަހަރެކޭ އެއް ގޮތަށް މި އަހަރު ވެސް މި އެވޯޑަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް ބްލޭޒަން އިން ބުނެ އެވެ. މިދިޔަ އަހަރުގެ އެވޯޑަށް 185 ފަރާތަކުން ކުރިމަތިލި އެވެ.
ހިޔާލު