PNC ge Naibu Raees kamah Nimal Inthihaabu Koffi
image
މުހައްމަދު ނިމާލް -- ފޮޓޯ / އަވަސް
2 ކޮމެންޓް
 

ޕީއެންސީގެ ނާއިބު ރައީސް ކަމަށް ފެނަކައިގެ ކުރީގެ އެމްޑީ ނިމާލް އިންތިހާބު ކޮށްފި

ޕީއެންސީގެ ނާއިބު ރައީސްކަމުގެ މަގާމުން އަހުމަދު ނިހާން ހުސައިން މަނިކު އިސްތިއުފާ ދެއްވުމުން، އެމަގާމަށް މުހައްމަދު ނިމާލް އިންތިހާބު ކޮށްފިއެވެ.
ޕީއެންސީން ނާއިބު ރައީސް ކަމުގެ މަގާމުން ނިހާން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ ތެރޭގައެވެ. ޕީއެންސީގެ ނާއިބު ރައީސް ކަމުން ނިހާން އިސްތިއުފާ ދެއްވުމަށްފަހު ވަނީ އެޕާޓީން ވެސް އޭނާ ވަކިވެފަ އެވެ.

ނިމާލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އޭރު އެ މަގާމުގައި ނިމާލް ހުންނެވިއިރު އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ވެސް ކުރެވިގެން ދިޔައެވެ.

ޕީއެންސީން ނިހާން ވަކިވުމަށް ފަހު ވަނީ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ގުޅިފައެވެ. ނިހާނާއި އެކު ޕީޕީއެމް އާއި ޕީއެންސީގެ އިސް ގިނަ ބޭފުޅުންތަކެއް ވެސް ޖޭޕީއާ ގުޅިފަ އެވެ.
ޕީއެންސީ
ހިޔާލު

ގޮބޮޅިއަލީ

ޕީއެންސީ އާ ޕޕޕ ގަ ހުންނަނީ ތަބަކަށްލައިފަ ބަހާ މަގާމުތައްތޯ މެމްބަރުންގެ ހިޔާލުހޯދުމެއް ނޯވެތޯ، މެމްބަރުން ތިބިނަމަތާދޯ.. 😂 😂

ގޮލީޕާރޓީ

ޙެހެ އަންނަނީ ހިނި