Kaa ehcheheege sababun ves nidhan undhangoo vey
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ކާއެއްޗެހީގެ ސަބަބުން ވެސް ނިދަން އުދަނގޫވޭ

ސައިންސްގެ ދިރާސާތަކުން ދައްކާ ގޮތުގައި "އިންސޮމްނިއާ" މި ބަލި ޖެހެން އާންމުކޮށް މެދުވެރި ވަނީ ނިދުމުގެ އާދަތަކާއި ނަފްސާނީ މައްސަލަތަކުގެ ސަބަބުންނެވެ. މި ކަންތައްތަކުގެ އިތުރުން ކާއެއްޗެހީގެ ސަބަބުން ވެސް ނިދަން އުދަނގޫވުން ފަދަ ކަންތައްތައް ކުރިމަތިވާ ކަމަށް ވެސް ދިރާސާތަކުން ދައްކަ އެވެ.
ނިދުމަށް ނޭދެވޭ އަސަރުތައް ކުރުވާ ކާނާތައް

ފިޔާ
ފިޔާ ގައި ހުންނަ "ފްރަކްޓަންސް" މި ފައިބާގެ ސަބަބުން ގެސްޓްރިކް ފަދަ މައްސަލަތައް ދިމާވެ ނިދަން އުދަނގޫ ވެއެވެ. ބަނޑަށް އިތުރު ޕްރެޝަރެއް އެޅި ބަނޑުގައި ހުންނަ އެސިޑްތައް ތްރޯޓް ނުވަތަ އަޑުފޮށްޓަށް ދާ ގޮތް މެދުވެރި ވެއެވެ. އެހެންކަމުން ރޭގަނޑުގެ ކެއުމުގައި މަދުން ފިޔާ ހިމެނުން ހިމެނެ އެވެ.

މިރުސް
މިރުހަކީ މެޓަބޮލިޒަމް ނުވަތަ ހަށިގަނޑުގެ އެތެރޭގެ ހަރަކާތްތައް އަވަސް ކޮށްދޭ އެއްޗެއް ނަމަވެސް ހަޖަމް ކުރާ ނިޒާމަށް ނޭދެވޭ އަސަރުތައް ކުރާ އެއްޗެކެވެ. ހަޖަމް ކުރާ ނިޒާމަށް ދިމާވާ މައްސަލަތަކުގެ ސަބަބުން ހަށިގަނޑުގެ އެތެރޭގެ ހޫނުމިން މައްޗަށް ގޮސް ނިދަން އުދަނގޫ ވެއެވެ.

އައިސްކްރީމް
އައިސްކްރީމަކީ ގިނަ އަދަދަކަށް ފެޓް ހިމެނޭ ކާނާ އެކެވެ. ފެޓް ގިނައިން ހިމެނޭ ކާނާތައް ހަޖަމްވުމަށް ގިނަ ވަގުތު ނަގައެވެ. އެހެންކަމުން ނިދަން ކައިރިކޮށްފައި އައިސްކްރީމް ފަދަ ކާނާތައް ކެއުމުގެ ބަދަލުގައި ޔޯގަޓް ފަދަ ކާތަކެތި ކެއުން ރަނގަޅެވެ.

ޑާކް ޗޮކްލެޓް
ޑާކް ޗޮކްލެޓަކީ ސިކުނޑިއަށް ރަނގަޅު ކާނާއެއް ނަމަވެސް އޭގައި ހިމެނޭ ކެފެއިން ގެ ސަބަބުން ރަނގަޅަށް ނިދާ ނުލެވޭ ގޮތް މެދުވެރި ވެއެވެ. ޑާކް ޗޮކްލެޓްގެ ބަދަލުގައި ވައިޓް ޗޮކްލެޓް ރަނގަޅު ވާނެ އެވެ.

ފެން
ރަނގަޅު ސިއްހަތެއްގައި ހުރުމަށް ގިނައިން ފެން ބޯންވާނެ އެވެ. ނަމަވެސް ނިދުމުގެ ކުރިން މާ ގިނައިން ފެން ބުއިން ރަނގަޅެއް ނޫނެވެ. އޭގެ ބަދަލުގައި ނިދުމުގެ އެއް ގަޑިއިރު ކުރިން ފެންބޯން އާދަ ކުރާށެވެ.
ސިއްހަތު
ހިޔާލު