Majileehuge haazireege emme fuluga 3 viyafaari verin!
image
މަޖިލީހުގައި ތިއްބަވާ މަަޝްހޫރު ތިން ވިޔަފާރިވެރިން: މި ތިން ބޭފުޅުން ވަނީ މަޖިލީހުގެ ފުރަތަމަ ދައުރުގައި ހާޒިރީގެ އެންމެ ފުލުން ޖާގަ ހޯއްދެވި މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގެންފައި--
6 ކޮމެންޓް
 

މަޖިލީހުގެ ހާޒިރީގެ އެންމެ ފުލުގައި ތިން ވިޔަފާރިވެރިން!

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނިމިފައި ވާއިރު މި ދައުރުގައި އެންމެ މަދުން މަޖިލީހަށް ހާޒިރުވި މެންބަރުންގެ ތެރޭގައި މަޝްހޫރު ތިން ވިޔަފާރިވެރިން ކަމަށްވާ، މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް (ސަންޓްރެވަލް ސިޔާމާއި) އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އަދި މާމިގިލި ދާއިރާގެ މެންބަރު އަދި ވިލާ ކުންފުނީގެ ވެރިޔާ ގާސިމް އިބްރާހީމް ހިމެނިއްޖެ އެވެ.
މަޖިލީހުގެ ހާޒިރީގައިވާ ގޮތުގައި 47 ޖަލްސާގެ ތެރެއިން ސިޔާމް ވަޑައިގެންނެވީ އެންމެ 16 ޖަލްސާ އަށެވެ. ދެން އެންމެ ގިނައިން އެއްވެސް ސަބަބަކާއި ނުލާ މަޖިލީހަށް ހާޒިރުނުވެ ހުންނެވީ އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ. އޭނާ މަޖިލީހުގެ ނުވަ ޖަލްސާއަށް ވަޑައިގެންފައެއް ނުވެއެވެ. ގާސިމް އިބްރާހީމް މަޖިލީހުގެ ފަސް ޖަލްސާއަށް ވަޑައިގެންފައި ނުވާއިރު ހަތަރު ދުވަހު އެމަނިކުފާނު ވަނީ ސަލާމް ބުނުއްވާފަ އެވެ. މި ތިން މެމްބަރުންގެ އިތުރުން ހަތަރު ދުވަހު އެއްވެސް ސަބަބަކާއި ނުލާ މަޖިލީހަށް ތ. ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން ވެސް ހާޒިރުވެވަޑައިގެންފައެއް ނުވެ އެވެ.

މަޖިލީހުގެ ހާޒިރީގައިވާ ގޮތުގައި 47 ޖަލްސާއަށް 87 މެންބަރުންގެ ތެރެއިން ވަޑައިގެންނެވީ 24 މެންބަރުންނެވެ. މި މެންބަރުންގެ ތެރެއިން ބައެއް މެންބަރުން މަޖިލީހުގެ ދަތުރުތަކާއި އަދި ރަސްމީ އެހެން ދަތުރުތަކުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ.

ހާޒިރީން ފެންނަ ގޮތުގައި މަޖިލީހުގެ ޖަލްސާތަކަށް އެންމެ ގިނައިން ސަލާމް ބުނެފައި ވަނީ ވިލިގިލި ދާއިރާގެ މެންބަރު ސައުދު ހުސައިންނެވެ. އޭނާ ވަނީ 12 ޖަލްސާއަކަށް ސަލާމް ބުނެފަ އެވެ. ހަމަ މިއާއެކު ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވެސް މި ލިސްޓުގައި ލައްވާލަ އެވެ. މިއިން ކޮންމެ މެންބަރަކު ވަނީ ހަތް ދުވަހު ސަލާމް ބުނެފަ އެވެ. އަދި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ވެސް ވަނީ ހަތް ދުވަހު ސަލާމް ބުނެފަ އެވެ. ނަމަވެސް ހަސަން އަހުމަދު ވަނީ ދާދި ފަހުން އެކްސިޑެންޓެއްވެ ފަޔަށް ލިބުނު އަނިޔާތަކުގައި ހޮސްޕިޓަލުގައި ފަރުވާ ވެސް ހޯއްދަވާފަ އެވެ.

މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ނިންމާލާފަ އެވެ. މަޖިލީހަށް 31 ބިލެއް ހުށަހަޅާފައި ވާއިރު، އޭގެ ތެރެއިން 14 ބިލެއް ވަނީ ފާސް ކޮށްފަ އެވެ. ނުނިމި ވަނީ 17 ބިލެއްގެ މަސައްކަތެވެ. އޭގެ ތެރެއިން ބައެއް ބިލްތަކުގެ މަސައްކަތް އޮތީ ކޮމެޓީ މަރުހަލާގަ އެެވެ. އަދި ބައެއް ބިލްތަކުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފަ އެވެ.

މި ދައުރުގައި މަޖިލީހަށް 21 ގަރާރެއް ހުށަހަޅާފައި ވާއިރު ނުވަ ގަރާރެއްގެ މަސައްކަތް ނިންމާލި އެވެ. އަދި 12 ގަރާރެެއްގެ މަސައްކަތް އޮތީ ނުނިމި އެވެ.

ސަރުކާރުގެ ފަރާތުން 15 މައްސަލަ ހުށަހަޅާފައި ވާއިރު ތިން މައްސަލައެއް ފިޔަވާ އެހެން ހުރިހާ މައްސަލައެއް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން ރިޔާސަތުން ހުށަހެޅި 22 މައްސަލައެއްގެ ތެރެއިން 17 މައްސަލައެއް ވެސް މަޖިލީސް ޗުއްޓީއަށް ދިއުމުގެ ކުރިން ވަނީ ނިންމާފަ އެވެ.
މަޖިލިސް
ހިޔާލު

ނައިބް

ވިޔަފާރިވެރި މަހުޖަނުން މަޖިލީހަށް ހޮވަން ނުޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވަނީ އެކަމުގަ ހަގީގަތްތަކެއް އެކުލެވޭތީ.. މި ފެންނަނީ އެތަން.

މުހައްމަދު

މި މީހުން މަޖިލީހަށް މި ކުރިމަތިލަނީ އަމިއްލަ އެދުމާއި މަސްހޫރު ކަން ޙޯދަން ، ފައިސާ އަށް ވޯޓް ވިއްކުމުގެ ނަތީޖާ

އަޒީމް

ގާނޫން ހަދާމަޖިލީހަށް ތިޔަމީހުން އިންތިހާބު ކުރަން ވޯޓު ރައްޔިތުންނަށް އައްސަރިބަހާ ސާބަސް ދަންނަވަން. އެމީހުން މަޖިލީހުގެ ގޮނޑި ކޮރަޕުސަނުގެ މަގުފަހު ކުރަން ވޯޓު ދެއްވީތީވެ.
އަދިވެސް ދިވެހިން ތެރޭގަ ރުފިޔާ އަށް ހެއްލޭ މީހުން ތިބޭތީވެ ދެރައީ،

ފަސީ

މިމީހުންގެ އަސްލު ހަޤީޤީ ބޭނުމަކީކޮބާ ކަމާމެދު ސުވާލު އުފެދޭ؟ ރައްޔިތުންނަށް ޚިދުމަތްކުރުންތޯ، މިމީހުންގެ ވިޔަފާރި ކުރިއެރުވުމަށް މަޖިލިސްގެތެރެއިންނާ ސަރުކާރުގެތެރެއިން ކަންތައް ކުރުންތޯ، މިމީހުންގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުގެ ޕްރޮޖެކްޓްތައް ކައްވާލެއްވުންތޯ؟ މިހިރީ ހައްތަހާވެސް ސުވާލު. ހަމަ ގައިމުވެސް އެނގޭ ކަމަކީ މަޖިލިސް މެމްބަރުކަން ކުރަމުން ވިޔަފާރިކުރަން ހަދައިގެން އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވޭކަން

ނަޖްވާ

މިހެންވީމަ، ވިޔަފާރި ވެރިން މަޖްލިހަށް ވައްދަން ނުވަނީ! މިހާރު އެއީ ކިތަށް ހާސް ރައްޔިތުންގެ ހައްޤު އެ ގެއްލިގެން ދަނީ! ދޮގެއްތަ އަޅެ މި ބުނީ!

ގޮބޮޅި

ޖަލްސާތަކަށް ހާޒިރު ނުވާ މެމްބަރުންގެ މުސާރައިން ކެނޑޭފޮތަށް ގަވާއިދަށް ބަދަލުނޔގެނޭތޯ އަދިވެސް