Vagah vehicle ethere kuri massalaiga Customs ge 2 muvazzafaku suspend koffi
image
ކަސްޓަމްސް ބިލްޑިން-- ފޮޓޯ: ރާއްޖެ އެމްވީ
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ވަގަށް ވެހިކަލް އެތެރެ ކުރި މައްސަލާގައި ކަސްޓަމްސްގެ ދެ މުވައްޒަފަކު ސަސްޕެންޑުކޮށްފި

ދެ ކޮންޓެއިނަރެއްގައި ރާއްޖެއަށް ވަގަށް ވެހިކަލްތަކެއް އެތެރެކުރި މައްސަލާގައި ކަސްޓަމްސްގެ ދެ މުވައްޒަފަކު ސަސްޕެންޑްކޮށްފި އެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން ވަނީ އެ މައްސަލާގައި ދެ އޮފިސަރަކު ސަސްޕެންޑް ކޮށްފައިވާ ކަމަށާއި އަދި ސަސްޕެންޑް ކުރީ ތަހުގީގު ނިމެންދެން ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް ކަސްޓަމްސް އިން ބުނީ ތަހުގީގު ކުރެވެމުންދާ މައްސަލައަކަށް ވާތީ މައުލޫމާތު ދެވެން ނެތް ކަމަށް ބުނެފަ އެވެ.

ލަކުޑީގެ ގޮތުގައި އޮޅުވާލައިގެން ރާއްޖެ އަށް އެތެރެކުރި 21 ވެހިކަލެއް ކަސްޓަމްސް އިން ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ހިފަހައްޓާފަ އެވެ.

ކަސްޓަމްސް އިން އެ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އޮޅުވާލައިގެން އެތެރެ ކުރި ދެ ކޮންޓެއިނަރުގައި ތިން ކާރާއި، ދެ ޕިކަޕުގެ އިތުރުން ދެ ވޭން އަދި 14 ސައިކަލު ހުރި ކަމަށެވެ.

އެ އެއްޗެހީގެ ސީއެންޑްއެފް އަގު (ފްރެއިޓް ކުރުމުގެ އަގު) 586،000 ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމުން ލަފާކުރެ އެވެ. ކަސްޓަމުން ބުނީ އެއީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކަސްޓަމްސް ވައްކަން
ހިޔާލު