Harbor food courtun 2 uniteh kuyyah dhenee
image
ހާބަރު ފުޑް ކޯޓު ސަރަހައްދު-- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
0 ކޮމެންޓް
 

ހާބަރު ފުޑް ކޯޓުން ދެ ޔުނިޓެއް ކުއްޔަށް ދެނީ

ހާބަރު ސަރަހައްދުގައި ހުރި ފުޑް ކޯޓުތަކުގެ ތެރެއިން ހިދުމަތް ދެމުން ނުދާ ދެ ޔުނިޓެއް ކުއްޔަށް ދޫކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިއުލާންކޮށްފި އެވެ.
އެސްޓީއޯއިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އެ ދެ ޔުނިޓަށް ބިޑު ކުރުމުން ސެޕްޓެމްބަރު 18 އާ ހަމައަށް އޮންނާނެ ކަމަށެވެ. ދޫކުރުމަށް ނިންމާފައި ވަނީ އިއްޒުއްދީން މަގަށްވާ ފަޅިން ޔުނިޓް 20 އާއި 26 އެވެ.

އެއީ 960 އަކަފޫޓުގެ ދެ ދަތެނެވެ. އެސްޓީއޯއިން ބުނީ ކުއްޔަށް ދޭން ނިންމާފައިވާ ބޭސްރޭޓަކީ އަކަފޫޓެއް 53 ރުފިޔާގެ މަގުން ކަމަށެވެ. އެހެންކަމުން ބިޑު ކުރާ ޕްރޮޕޯޒަލް ހުށަހަޅަން ޖެހޭނީ އަކަފޫޓެއް އެންމެ ކުޑަކޮށް 53 ރުފިޔާގެ މަގުންނެވެ.

ބިޑް ކާމިޔާބު ކުރާތާ ހަފްތާއެއް ތެރޭގައި އެކަން އެންގުމުން، ތިން މަހުގެ ސެކިއުރިޓީ ޑިޕޮސިޓު ދައްކަން ޖެހޭނެ ކަމަށް އެސްޓީއޯ އިން ނެރުނު އިއުލާނުގައި ވެއެވެ. އެތަން ލިބޭ ފަރާތަކަށް ތަނަށް ބަދަލެއް ގެނެވޭނީ އެސްޓީއޯގެ ހުއްދައާއެކުގަ އެވެ.

އެތަނުގައި ބޭނުން ކުރާނެ ގޮނޑި އަދި މޭޒު ފަދަ ތަކެތި ވެސް އެސްޓީއޯ އިން ދޭނެ ކަމަށް އިއުލާނުގައި ބުނެފައި ވާއިރު، އެ ތަކެތި ހަލާކުވެއްޖެ ނަމަ ސެކިއުރިޓީ ޑިޕޮސިޓުން އެއަށްވާ އަގު ކެނޑޭނެ އެވެ.

އޭގެ އިތުރުން ފަސް އަހަރުގެ މުއްދަތަށް ދޫ ކުރާ އެ ދެ ޔުނިޓު ވެސް ދޫކުރާތާ އެއް މަހުގެ ތެރޭގައި ހިދުމަތް ދޭން ފަށަން ވާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
އެސްޓީއޯ
ހިޔާލު