Rohingya Muslimun beyru kurumah fahu fuluhunge imaaraaiy thah alhaifi
image
ސެޓެލައިޓް ފޮޓޯ--
1 ކޮމެންޓް
 

ރޮހިންޖްޔާ މުސްލިމުން ބޭރު ކުރުމަށް ފަހު ފުލުހުންގެ އިމާރާތްތައް އަޅައިފި!

މިޔަންމާގައި ރޮހިންޖްޔާ ދަރިކޮޅުގެ މުސްލިމުން އުޅެމުން އައި އަވަށްތައް ބިމާ ހަމަ ކުރުމަށް ފަހު އެ ތަންތަނުގައި ފުލުހުންގެ އިމާރާތްތައް އަޅާފައިވާ ކަމަށް ބީބީސީއިން ބުނެފި އެވެ.
މިޔަންމާ ސަރުކާރުން ހަމަޖެއްސި ޓުއާއެއްގައި ބީބީސީގެ ނޫސްވެރިން އެ ސަރަހައްދުތަކަށް ދިޔުމުން ފެނިފައި ވަނީ ފުލުހުންގެ އިމާރާތްތަކެކެވެ. ސެޓެލައިޓުން ކުރިން ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެއީ ރޮހިންޖްޔާ މީހން ދިރިއުޅެމުން އައި އަވަށްތަކެވެ.

އެކަމަކު ރޮހިންޖްޔާ އަވަށްތަކުގައި ފުލުހުންގެ އިމާރާތްތައް އެޅިކަން މިޔަންމާގެ އޮފިޝަލުން ދޮގުކުރެ އެވެ. މިޔަންމާގެ އަސްކަރިއްޔާއިން 2017 ވަނަ އަހަރު ހިންގި އޮޕަރޭޝަނެއްގައި 700،000 އަށް ވުރެ ގިނަ މީހުން ރެފިއުޖީންނަށް ވިއެވެ.

އދ. އިން ބުނީ އެއީ "ޓެކްސްޓުބުކް އެތްނިކް ކްލެންސިން" ނުވަތަ ވަކި ނަސްލަކަށް ނިސްބަތް ވާތީ ބަޔަކު ނައްތާލުމަށް ހިންގި ޖަރީމާއެއް ކަމަށެވެ.

ބުދިސްޓުންގެ މެޖޯރިޓީ އޮންނަ މިޔަންމާއިން އެވަނީ އެ ތުހުމަތު ދޮގުކޮށްފަ އެވެ. އެގައުމުން މިހާރު ބުނަނީ ބައެއް ރެފިއުޖީންނަށް ދިރިއުޅެވޭނެ ސަރަހައްދުތައް ދެއްކުމަށް ތައްޔާރަށް އޮތް ކަމަށެވެ.

މިޔަންމާއިން ބުނަނީ ރޮހިންޖްޔާ ދަރިކޮޅު މީހުންނަކީ ބަންގްލަދޭޝް ރައްޔިތުން ކަމަށެވެ. ރެފިއުޖީންގެ މައްސަލާގައި ޒިންމާވާން ޖެހޭނީ ބަންގްލަދޭޝުން ކަމަށް މިޔަންމާއިން ބުނެ އެވެ.
ހިޔާލު

އަހައްމާ

މިގައުމު ވެސް މިހާލަތަށް ދާނެކަން އެބަފެނެއެވެ. ބަގްލާދޭސް ދަރިފަސްކޮޅަށް ވުރެން ބަގްލާދޭސް މީހުންކަށް ޔަގީންނުވާ މައްސަލަ ބޮޑުކަމުންނެވެ. އަދި ބަގްލާދޭސް އެއްބަންސީ ހަވާލުނުވާން އުޅޭކަމަށާއި އަދި އެކަންތަށް ކުރުމަށް އެހީތެރިވާކަމަށް ފެނެއެވެ.