Brain and Spine conference ge sponsor akah STO
image
އޭޑީކޭ އަދި އެސްޓީއޯއިން ސްޕޮންސާޝިޕް އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން-- ފޮޓޯ: އެސްޓީއޯ
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ބްރެއިން އެންޑް ސްޕައިން ކޮންފެރެންސްގެ ސްޕޮންސަރަކަށް އެސްޓީއޯ

"ބްރެއިން އެންޑް ސްޕައިން ކޮންފެރެންސް 2019" ގެ ސްޕޮންސަރަކަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އޭޑީކޭ އަދި އިންޑިއާގެ ފާމަސިއުޓެކަލް ކުންފުންޏެއް ކަމަށްވާ ޑރ. ރެޑީ އިން އިންތިޒާމް ކުރާ އެ ކޮންފެރެންސް ގެ ސްޕޮންސާޝިޕް އެއްބަސްވުމުގައި އޭޑީކޭގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް އެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެގްޒެކެޓިވް ސެކެޓްރީ މަރިޔަމް ޕަރުވީނެވެ.

މިއީ ބްރެއިން އެންޑް ސްޕައިން ކޮންފެރެންސް ބާއްވާ ތިންވަނަ އަހަރެވެ. މި އަހަރުގެ ކޮންފެރެންސް ބާއްވަން ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ 17 އިން 19 އަށް ޕެރެޑައިޒް އައިލެންޑް ރިޒޯޓުގަ އެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ސީއެންއެމްއަށް ވިދާޅުވީ މި އަހަރުގެ ކޮންފެރެންސްގައި ވެސް މަތީ ފަންތީގެ ނިއުރޯސާޖަނުންނާއި ބްރެއިން ސާޖަނުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ރާއްޖެ އާއި ރާއްޖެއިން ބޭރުން ގާތްގަނޑަކަށް 200 މީހުން ބައިވެރިވެވަޑައިގަންނަވާ އެ ކޮންފެރެންސްގައި އެހެން އަހަރުތަކެކޭ އެއް ގޮތަށް މި އަހަރު ވެސް އެންމެންނަށް ފެންނާނެ ގޮތަށް ލައިވް ސާޖަރީ އެއް ކުރިޔަށް ދާނެ ކަމަށް އެބޭފުޅާ ވިދާޅުވި އެވެ.

ސާޖަރީ ކުރިޔަށް ދާނީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ. ސެޝަންތަކާއި ވޯކްޝޮޕްތައް ބާއްވަން ހަމަޖެހިފައިވަނީ 18 އަދި 19 އެވެ.

ކޮންފެރެންސްގައި ގާތްގަނޑަކަށް 22 ސްޕީކަރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ހިޔާލު