The Sky is Pink ge Trailer gina bayakah varah kamugosfi
image
ފިލްމުގެ ލީޑު ތަރިން--
0 ކޮމެންޓް
 

"ދަ ސްކައި އިޒް ޕިންކް" ޓްރެއިލާ ގިނަ ބަޔަކަށް ކަމުގޮސްފި

ސޮނާލީ ބޯސްގެ "ދަ ސްކައި އިޒް ފިންކް" ގެ ޓްރެއިލާ އިއްޔެ ނެރެފައި ވާއިރު ގިނަ ބަޔަކަށް ޓްރެއިލާ ވަރަށް ބޮޑަށް ކަމުގޮސް ފިލްމު ބެލުމަށް ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
އެ ފިލްމަކީ މޯޓިވޭޝަނަލް ސްޕީކަރެއްގެ އިތުރުން އިންސްޕިރޭޝަންލް ލިޔުންތައް ލިޔެފައިވާ އައިޝާގެ ހަޔާތުގެ މައްޗަށް ނެރޭ ފިލްމެކެވެ. ދިފާއީ ބާރުގެ މައްސަލަތަކެއް ދިމާވެ، ބަލިކޮށް އުޅެމުން އައި އައިޝާ މަރުވެފައި ވަނީ އުމުރުން އެންމެ 18 އަހަރުގަ އެވެ.

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ފަރްހާނު އަކްތަރު އެ ފިލްމުގައި ފެނިގެން ދާއިރު އައިޝާގެ ރޯލުން ފެނިގެން ދާނީ ޒައިރާ ވަސީމެވެ. އަދި ޕްރިޔަންކާ އާއި ފަރްހާން ފެންނާނީ ޒައިރާގެ މައިންބަފައިންގެ ރޯލުންނެވެ. މިއީ ޒައިރާ ފެނިގެން ދާނެ އެންމެ ފަހު ފިލްމު ކަމުން އެ ފިލްމަކީ އޭނާގެ ސަޕޯޓަރުންނަށް ހާއްސަ ފިލްމަކަށް ވާނެ އެވެ.

އިއްޔެ އާންމުކުރި އެ ޓްރެއިލާ ފެށެނީ ޕްރިޔަންކާ އާއި ފަރުހާން ލޯބީގެ ގޮތުން ގުޅުނު ދުވަސްވަރުގެ ކަންތައްތަކެއްގެ ތެރެއިންނެވެ. އޭގެ ފަހުން ޕްރިޔަންކާ ބަލިވެ އިނދެ ކުއްޖަކު ވިހާއިރު އާއިލާގެ ތެރެއިން ފެންނަނީ އުފާވެރި ކަމެވެ. ދެން ކުއްޖާ ބޮޑުވެފައި ހުރި މަންޒަރު ދައްކާއިރު މައްސަލަތައް ފެންމަތި ވަނީ އެ ހިސާބުންނެވެ. އެމީހުންނަށް ލިބުނީ ބަލި ކުއްޖެއްކަން އެނގޭ ހިސާބުން އެ ދެމީހުންގެ މެދުގައި ވެސް މައްސަލަތައް ފެންމަތި ވެއެވެ.

ފިލްމުގެ ޕޯސްޓަރުތަކުގެ އިތުރުން ޓްރެއިލާއަށް ވެސް ރަނގަޅު ތަރުހީބެއް ލިބެމުން އަންނައިރު ސޯޝަލް މީޑިއާގައި ޓްރެއިލާ ބެލި ފަރާތްތަކުން ބުނީ، އެ ބެލުމަށް ފަހު ރޮވިއްޖެ ކަމަށެވެ. އަސަރު ގަދަ ގޮތަކަށް ޓްރެއިލާ ގެނެސްދީފައި ވާއިރު ފިލްމު ބެލުމަށް ގިނަ ބަޔަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަދި އެމީހުންގެ އެކްޓިން ވެސް ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ އެވެ.

ފިލްމު ނެރުމަށް ނިންމާފައި ވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 11 ގައެވެ.
ހިޔާލު